އެންޓޮނީ އެލަންގާ ނިއުކާސަލް ޔުނައިޓެޑްއަށް

އެލަންގާ

09 ޖުލައި 2025 - 04:54
ނޮޓިންގްހަމް ފޮރެސްޓުގެ އެޓޭކިންގ ގައި މުހިންމު ދައުރެއް އަދާކުރަމުންގެންދާ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ އެންޓޮނީ އެލަންގާ ނިއުކާސަލް އަށް ބަދަލުވުމަށް ނިންމާފައިވާކަމަށް ގިނަ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ. އެގޮތުން މިކުޅުންތެރިޔާ މެޑިކަލް ހެދުމަށް ގޮތުގައި ސްވީޑިޝް އިންޓަނޭޝަނަލް ކުޅުންތެރިޔާ އެންތޯނީ އެލަންގާ ސެންޓް ޖޭމްސް ޕާކަށް ބަދަލުވުމުގެ މަގުމަތީގައިވާ ކަމަށް ބުނެފައިވެއެވެ.
ދި އެތްލެޓިކް، ބީބީސީ އަދި ސްކައި ސްޕޯޓްސް އިން މިއަދު ރިޕޯޓުކުރި ގޮތުގައި ނޮޓިންގަމް ފޮރެސްޓްގެ ކުޅުންތެރިޔާ އެލަންގާ އަށް ނިއުކާސްލް ޔުނައިޓެޑް އިން ވަނީ 55 މިލިއަން ޕައުންޑް (75 މިލިއަން ޑޮލަރު) ހުށަހަޅާފައެވެ. މިއީ ސަޢޫދީއިން ނިއުކާސަލް ގަތްފަހުން އެކުލަބަށް ގެންނަ އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.
ވޭތުވެދިޔަ ސީޒަންގައި ޕްރިމިއަރ ލީގުގައި ފޮރެސްޓް 7 ވަނަ ހޯދުމުގައި އެލަންގާގެ ދައުރު ވަރަށް ބޮޑެވެ. އޭނާ ވަނީ 6 ލަނޑު ޖަހައި، 11 އެސިސްޓް ދީފައެވެ. ފޮރެސްޓް މިކުޅުންތެރިޔާގެ ސޮއިހޯދީ މީގެ ދެއަހަރުކުރިން ހޯދީ އެންމެ 15 މިލިއަން ޕައުންޑަށެވެ.
ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާ ގުޅިގެން ޓީމު ވަރުގަދަ ކުރުމަށް ނިއުކާސްލް އިން ކުރަމުންދާ މަސައްކަތްތައް މިހާތަނަށް ވަނީ ހުއްޓުމަކާ ކުރިމަތިވެފައެވެ. ސައުދީ ސަރުކާރުގެ އިންވެސްޓްމަންޓް ފަންޑުން ކުލަބަށް މާލީ ބޮޑު އެހީތެރިކަމެއް ލިބުނުނަމަވެސް، ފައިނޭންޝަލް ފެއަރ ޕްލޭގެ ގަވާއިދުތަކާ ގުޅިގެން ވޭތުވެދިޔަ ސީޒަންތަކުގައި ނިއުކާސްލްގެ ހޭދަކުރުމުގެ ޤާބިލުކަންވަނީ ކުޑަވެފައެވެ.
އިތުރު ލިޔުންތައް
.png&w=3840&q=75)
އިނގިރޭސި ޕްރީމިއަރ ލީގު: ޓޮޓްނަމް ބަލިވިއިރު، ޗެލްސީއިން އެއްވަރުވެއްޖެ
6 މަސް ކުރިން
70 އަހަރުގެ ހިތި ހަނދާން ނިމުމަކަށް: ނިއުކާސަލް ލީގު ކަޕް ނަގައިފި
4 މަސް ކުރިން
ނިއުކާސަލް ޕްރީމިއަރ ލީގު ތާވަލުގެ ތިންވަނައަށް
3 މަސް ކުރިން