logo
Bank of Maldives

Bank of Maldives

ކުޅިވަރު

70 އަހަރުގެ ހިތި ހަނދާން ނިމުމަކަށް: ނިއުކާސަލް ލީގު ކަޕް ނަގައިފި

އަބްދުﷲ ޣާނިމް
17 މާރިޗު 2025 - 09:37
ނިއުކާސަލް ވަނީ 70 ަހަރުފަހުން ެޓީމުގެ ފުރަތަމަ ޓްރޮފީ ނަގައިފިައި. ފޮޓޯ: ނިއުކާސަލް
ނިއުކާސަލް ވަނީ 70 ަހަރުފަހުން ެޓީމުގެ ފުރަތަމަ ޓްރޮފީ ނަގައިފިައި. ފޮޓޯ: ނިއުކާސަލް

ނިއުކާސަލް ޔުނައިޓެޑް އަށް ޑޮމެސްޓިކް ކަޕް މުބާރާތެއްގެ ތައްޓެއް ނުލިބި 70 އަހަރު ވަންދެން ދެމިގެން ދިޔަ ހިތި ހަނދާންތައް ނިމުމަކަށް ގެނެސްފިއެވެ. ރޭގައި ކުޅުނު ކެރަބާއޯ ކަޕްގެ ފައިނަލްގައި ނިުއކާސަލް ވަނީ ލިވަޕޫލް 2-1 އިން ބަލިކޮށް، އެ ޓީމުން ވަނީ ޓްރޮފީ ހޯދާފައެވެ. މިއީ ސަޢުދީއަރަބިއްޔާގެ ޕަބްލިކް އިންވެސްމަންޓުން 2021 ވަނަ އަހަރު ނިއުކާސަލް ގަތުމަށްފަހު އެކުލަބަށް ބޮޑެތި އިންވެސްޓްތަކެއް ކުރުމުގެ ނަތީޖާއެވެ.

ނިއުކާސަލްގެ އެންމެ ފަހުގެ ޑޮމެސްޓިކް ކަޕް ކާމިޔާބީ އައީ 1955 ވަނަ އަހަރު އެވެ. އޭރު އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓަރ ސިޓީ ބަލިކޮށް، އެ ޓީމުން ވަނީ ޓްރޮފީ ނަގާފަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ ޓީމަކަށް އެއްވެސް ޑޮމެސްޓިކް ކަޕެއް ނުނެގެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހުވަގުތު ޑެނިއެލް ބަމް ވަނީ ގޯލުޖަހައި ފުރަތަމަ ފަހަރަށް ނިއުކާސަލް އަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު އަލެކްސެންޑާ އިސާކް ވަނީ ގޯލުޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖެހުނީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ ލަނޑު ޖެހީ ފެޑެރީކޯ ކިއޭސާ އެވެ. އޭނާގެ ލަނޑު ގަބޫލުކުރަން ރެފްރީ ނިންމީ ވީއޭއާރުން ބެލުމަށް ފަހު އެވެ.
ރޭގެ ބައްޔާއެކު މިއަހަރު 4 ތަައްޓަށް ވާދަކުރަމުންގެންދިޔަ ލިވަރޕޫލް ވަނީ ވޭތުވެދިޔަ 1 މަސް ތެރޭގައި 3 މުބާރާތަކުން އަލްވަދާޢު ކިޔާފައެވެ.

މިކާމިޔާބީއަކީ ސަޢޫދީއިން ނިއުކާސަލް ގަތުމަށްފަހު އެޓީމުގެ ސަޕޯޓަރުން އުއްމީދުކުރާ ކުރިއެރުމުގެ އައު ޞަފްޙާއެއްގެ ފެށުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލް އާއި ރަފީނިއާގެ މޮޅު ކުޅުމާއެކު ނިއުކާސަލް ހަމަބިމަށް ތިރިކޮށް ބާސެލޯނާ ކުއާޓާ ފައިނަލަށްކުޅިވަރު | 3 ދުވަސް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ކެރިކްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބަލިކުޅިވަރު | 17 ދުވަސް ކުރިންނިއުކާސަލް އަދި ސިޓީ އާއެކު ލިވަޕޫލްވެސް އެފްއޭކަޕްގެ ފަސްވަނަބުރަށް ދަތުރުކޮށްފިކުޅިވަރު | މަހެއް ކުރިންނިއުކާސަލް އަތުން ބަލިވެ ޓޮޓްނަމް ރެލިގޭޓް ވުމާ ގާތަށްކުޅިވަރު | މަހެއް ކުރިން