logo
MPL

MPL

ކުޅިވަރު

ނިއުކާސަލް މޮޅުވެ ޗެލްސީއަށް ޔޫރަޕުގެ ޖާގައެއް ލިބުމާއި ގާތަށް

އަބްދުﷲ ޣާނިމް
3 މޭ 2026 - 03:08
ނިއުކާސަލް މޮޅުވެ ޗެލްސީއަށް ޔޫރަޕުގެ ޖާގައެއް ލިބުމާއި ގާތަށް

އިނގިރޭސި ލީގުނިމެން ބާކީ އެންމެ ތިންމެޗަށްވެފައިވަނިކޮށް ޔޫރަޕުގެ ފުޓްބޯޅައިގެ ޖާގައެއްް ހޯދުމުގެ ރޭސް މިހާރުވަނީ ވަރަށް ފޯރިގަދަވެފައެވެ. އެގޮތުން ވޯލްޑް ޗެންޕިއަންސް ޗެލްސީއަށް ރޭގެ މެޗުން ނިިއުކާސަލް ބްރައިޓަން ބަލިކޮށްފައިވާއިރު، މާދަމާ ޗެލްސީ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ޗެލްސީ ތާވަލުގެ ހަތްވަނައަށް އަރައި ޔޫރަޕުގެ ޖާގައެއް ލިބުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން ރޭގެ މޮޅާއެކު އިނގިރޭސި ޕްރެމިއާ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައި އޮތް، ނިއުކާސަލް ޔުނައިޓެޑުން ބްރައިޓަން 3-1 އިން ބަލިކޮށް މާރިޗު މަހުގެ ފަހުން ފުރަތަމަ ފަހަރަށް މޮޅެއް ވަނީ ހޯދާފައެވެ.

ސެއިންޓް ޖޭމްސް ޕާކުގައި ކުޅުނު މި މެޗުން ލިބުނު މޮޅާއެކު ކޯޗު އެޑީ ހޯވްއަށް ކުރިމަތިވެފައި އޮތް ޕްރެޝަރު ވަނީ ކުޑަވެފައެވެ. މެޗު ފެށިގެން ބްރައިޓަންއިން ވަރުގަދަ ކުޅުމެއް ދައްކައި ނިއުކާސަލްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، މެޗުގެ 12 ވަނަ މިނެޓުގައި ލީޑު ނެގީ ނިއުކާސަލްއިންނެވެ. ބްރައިޓަންގެ ގޯލްކީޕަރު ބާޓް ވާބްރޫގެންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޖޭކޮބް މާފީ ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ވިލިއަމް އޮސޫލާއެވެ. މިއީ މާރިޗު މަހުން ފެށިގެން އޮސޫލާ ލީގުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. ނިއުކާސަލްގެ ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި ފެނިގެންދިޔައީ ބްރޫނޯ ގިމަރޭޒް ނަގައިދިން ކޯނަރަކުން ޑެން ބާން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ ގިމަރޭޒް ނިއުކާސަލްއަށް ކުޅެދިން 150 ވަނަ މެޗެވެ. އޭނާ ވަނީ މިހާތަނަށް 25 އެސިސްޓް ހަމަކޮށް، ފާއިތުވި ތިން ސީޒަނުގައިވެސް ފަސް ލަނޑާއި ފަސް އެސިސްޓް ހަމަކުރި ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބްރައިޓަންއިން މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރި މަސައްކަތުގެ ތެރެއިން 61 ވަނަ މިނެޓުގައި ޖެކް ހިންޝެލްވުޑް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ޑެނީ ވެލްބެކް ދިން ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މީގެ އިތުރުންވެސް ބްރައިޓަންއަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ފަސްވަނަ މިނެޓުގައި ހާވީ ބާންސް ވަނީ ނިއުކާސަލްގެ ތިންވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްދީފައެވެ. ބްރައިޓަންގެ ކީޕަރު ވާބްރޫގެންއަށް މި ސީޒަނުގައި ހެދުނު ގޯސްތަކުން ބައިކޮޅަށް ވަން ލަނޑުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. މިއީ ޕްރެމިއާ ލީގުގެ އެހެން ކޮންމެ ކުޅުންތެރިއަކަށްވުރެ ގިނަ އަދަދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 8 ދުވަސް ކުރިންޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެކުޅިވަރު | 9 ދުވަސް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 15 ދުވަސް ކުރިންބްރެންޓްފޯްޑް އަތުންބަލިވެ ޗެލްސީ ތާވަލުގެ 7 ވަނައަށް ވެއްޓިއްޖެކުޅިވަރު | މަހެއް ކުރިން