logo
MPL

MPL

ޚަބަރު

އިސްތަށީގައި ކަޅުކުލަ ޖެއްސުން ހުއްދަ: ފަތުވާ މަޖިލިސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
9 ޖުލައި 2025 - 05:52
އިސްލާމީ ވުޒާރާ ހިންގާ އިސްލާމިކް ސެންޓަރު -- ފޮޓޯ: ވުޒާރާ
އިސްލާމީ ވުޒާރާ ހިންގާ އިސްލާމިކް ސެންޓަރު -- ފޮޓޯ: ވުޒާރާ

އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ޙުއްދަ ކަމެއް ކަމަށް ބުރަވެވޭ ކަމަށް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ނިންމައިފިއެވެ.

އިސްތަށި ކަޅުކުރުމަކީ ދީނީ ގޮތުން ބަލާއިރު ރަނގަޅު ނޫން ކަމެއްގެ ގޮތުގައި ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ބުނެ އުޅެވެއެވެ. އެހެންކަމުން ގިނަ ދިވެހިންނަކީ އެކަން ޤަބޫލުކޮށް، އެފަދައިން ޢަމަލުކުރާ މީހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅިގެން ފަތުވާ މަޖިލީހުން މިއަދު ނެރުނު ޙުކުމުގައި ބުނީ،  މި މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަ ކުރެވޭ ކަމަށެވެ. އެއީ އެކަން ހުއްދަ ކަމަށް ބުނާ ރައުޔަކާއި ހުއްދަ ނޫން ކަމަށް ބުނާ ރައުޔެކެވެ. އެ ދެ ރައުޔު ވެސް ބިނާވެފައި ވަނީ ދަލީލު ތަކުގެ މައްޗަށް ކަމަށް އެ މަޖިލީހުން ބުންޏެވެ.

މިއީ އިޖުތިހާދީ މައްސަލައަކަށް ވާތީ އެ ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ބުނެއެވެ.

ނަމަވެސް އިސްތަށީގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ, އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާތީ ރާއްޖޭގެ ފަތުވާ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅު ކުލަޖެއްސުން ހުއްދަ ކަމަށް ކަމަށެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ އާންމުންގެ މެދުގައި އިޚްތިފާލު ނުވަތަ ޚިޔާލު އުފެދޭ ކަންކަމުގައި ދީނީ ގޮތުން އެކަން އޮންނަ ގޮތާއި ބުރަވެވޭ ގޮތް ނިންމުމަށް އިސްލާމީ ވުޒާރާގެ ދަށުން އޮންނަ މަޖިލީހެކެވެ. އަދި މި މަޖިލީހުން ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ވެސް ޢާންމުންނަށް ފޯރުކޮށްދެއެވެ. މި މަޖިލީހުގައި ދީނީ ޢިލްމުގެ ރޮނގުން ކިޔަވާ ވިދާޅުވެފައިވާ ފަސް މެންބަރުން ތިއްބަވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 2 ދުވަސް ކުރިންޤުރްއާން މުދައްރިސުން ބިނާކުރުމުގެ ބޮޑު ކާމިޔާބީއެއް: ޑިގްރީ އާއި ޑިޕްލޮމާ އިން 113 ދަރިވަރަކު ދަސްވެނިވެއްޖެޚަބަރު | 4 ދުވަސް ކުރިންވިލިމާލޭގައި 1،000 މީހުންގެ ޖާގައިގެ ޒަމާނީ އާ މިސްކިތެއްޚަބަރު | 5 ދުވަސް ކުރިންއުލިގަމުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިޚަބަރު | 8 ދުވަސް ކުރިން