logoEN
ކުޅިވަރު

މުޙައްމަދު ކުޑޫސް ޓޮޓްނަމް އަށް ބަދަލުވުމަށް އެއްބަސްވެއްޖެ

މުޙައްމަދު ކުޑޫސް އަކީ ވެސްޓްހޭމްގެ މުހިންމު ކުޅުންތެރިއެއް

މުޙައްމަދު ކުޑޫސް އަކީ ވެސްޓްހޭމްގެ މުހިންމު ކުޅުންތެރިއެއް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

09 ޖުލައި 2025 - 16:47

ވެސްޓް ހެމްގެ މިޑްފީލްޑަރު މުޙައްމަދު ކުޑޫސް ޓޮޓްނަމް ހޮޓްސްޕަރ އަށް 55 މިލިއަން ޕައުންޑަށް ބަދަލުވުމަށް ދެ ކުލަބުން އެއްބަސްވެއްޖެއެވެ. ގާނާގެ މި ކުޅުންތެރިޔާ މެޑިކަލް ޓެސްޓް ހެދުމަށްފަހު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބީބީސީ ސްޕޯޓްސްއިން ހާމަކުރި ގޮތުގައި، ފުރަތަމަ ޓޮޓްނަމްއިން ހުށަހެޅި 50 މިލިއަން ޕައުންޑްގެ އޮފަރ ވެސްޓް ހެމްއިން ވަނީ ނޫނެކޭބުނެފައެވެ. ނަމަވެސް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

24 އަހަރުގެ ކުޑޫސްގެ ރިލީސް ކްލޯޒްގައި 85 މިލިއަން ޕައުންޑް އޮތް ނަމަވެސް، އޭނާ 2023 ވަނަ އަހަރު އަޔަކްސް އިން ވެސްޓް ހެމްއަށް ބަދަލުވީ 38 މިލިއަން ޕައުންޑަށެވެ. ކޫޑޫސް ވަނީ ވެސްޓްހެމްގައި ޕްރިމިއަރ ލީގްގެ 65 މެޗުގައި 13 ލަނޑު ޖަހައި 9 އެސިސްޓް ދީފައިވެއެވެ.

ފާއިތުވި ހަފްތާތަކުގައި މަދުވެގެން 6 ބޮޑު ކުލަބަކުން ކުޑޫސްގެ ސޮއި ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ބީބީސީ ސްޕޯޓްސްގެ ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް ކުޑޫސްގެ އިސްކަމެއް ދީފައިވަނީ ޓޮޓްނަމްއަށް ބަދަލުވުމަށެވެ.

މި ބަދަލާއެކު ޓޮޓްނަމްގެ މިޑްފީލްޑް ވަރުގަދަވެ، ޓީމުގެ ހަމަލާދޭ ކުޅުން އިތުރަށް ފުރިހަމަވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder