logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިނގިރޭސި ޕްރީމިއަރ ލީގު: ޕެޕް ގުއާޑިއޯލާ ގެ އައު ކޮންޓްރެކްޓާއެކު ބަލިވުމުގެ އައު ރެކޯޑެއް ހަދައިފި

އަބްދުﷲ ޣާނިމް
24 ނޮވެމްބަރު 2024 - 07:04
ޕެޕް ގުއާޑިއޯލާ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ފަހަރަށް 5 މެޗުން ބަލިވެފައި
ޕެޕް ގުއާޑިއޯލާ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ފަހަރަށް 5 މެޗުން ބަލިވެފައި

މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގުއާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި ފުރަތަމަ ފަހަރަށް ވިދިވިދިގެން 5 މެޗް ބަލިވެއްޖެއެވެ. އެގޮތުން މެންޗެސްޓަރ ސީޓީ އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުންނާއި ޗެންޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުންނާއި ލީގު ކަޕްގައި ކުޅުނު މެޗުން އެޓީމުވަނީ ބަލިވެފައެވެ.  

އިއްޔެ މެންޗެސްޓަރ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މެންސިޓީ ބަލިވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓްނަމް އާއި ދެކޮޅަށެވެ. މި މެޗާއެކު ސިޓީގެ އަމިއްލަ ދަނޑުގެ 52 މެޗުގެ އަންބީޓަން ރެކޯޑް ވެސް ނިމުމަކަށް އައިސްފައިވެއެވެ. އެންމެ ފަހުން ސިޓީ އަމިއްލަ ދަނޑުގައި ބަލިވެފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހު ބްރެންޓްފޯޑާއި ދެކޮޅަށް 2-1 އިންނެވެ.

އިއްޔެގެ މެޗުގައި ޓޮޓެންހަމްގެ ފުރަތަމަ ގޯލު ޖޭމްސް މެޑިސަން ވަނީ މެޗުގެ 13 ވަނަ މިނެޓުގައި ޖަހާފައެވެ. އޭނާ ދެވަނަ ގޯލު ޖެހީ އޭގެ 7 މިނެޓު ފަހުންނެވެ. ޓޮޓެންހަމްގެ ތިންވަނަ ގޯލު ޕެޑްރޯ ޕޯރޯ ވަނީ ޖަހާފައެވެ. އަދި އިންޖަރީ ޓައިމްގައި ބްރެނަން ޖޮންސަން ވަނީ ހަތަރުވަނަ ގޯލު ޖަހާފައެވެ.

މި ބަލިވުމަކީ ޕެޕް ގުއާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި އަމިއްލަ ދަނޑުގައި ލީގު މެޗެއްގައި އެންމެ ބޮޑު ސްކޯއަކުން ބަލިވި މެޗެވެ. މީގެ ކުރިން އޭނާގެ ޓީމެއް އަމިއްލަ ދަނޑުގައި 4 ގޯލުން ބަލިވެފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހު ޗެމްޕިއަންސް ލީގުގައި ބަޔާން ކޯޗަކަށް ހުރިއިރު ރެއާލް މެޑްރިޑާދެކޮޅަށެވެ.

މި ބަލިވުމާއެކު މެންޗެސްޓަރ ސިޓީ ވަނީ ވިދިވިދިގެން 5 މެޗް ބަލިވެފައެވެ. މިއީ ޕެޕް ގުއާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި އެންމެ ގިނަ މެޗް ވިދިވިދިގެން ބަލިވި ރެކޯޑެވެ. މީގެ ކުރިން ސިޓީ މިއަށްވުރެ ގިނަ މެޗް ވިދިވިދިގެން ބަލިވެފައިވަނީ 2006 ވަނަ އަހަރުގެ މާރިޗު އަދި އޭޕްރީލް މަހުގައެވެ. އެއީ ވިދިވިދިގެން 6 މެޗެވެ. އޭގެ ތެރެއިން 5 ވަނަ މެޗުގައި ބަލިވެފައިވަނީ ވެސް ޓޮޓްނަމްއާއި ދެކޮޅަށެވެ.
މިހާރު ސިޓީ ވަނީ ލީގުގެ އެއްވަނައިގައި އޮތް ލިވަރޕޫލާ 5 ޕޮއިންޓުގެ ފަރަގެއްގައެވެ. އެގޮތުން މިރޭ ކުޅޭ މެޗުގައި ލިވަރޕޫލް ސައުތުހެމްޕްޓަން ބަލިކޮށްފިނަމަ މި ތަފާތު 8 ޕޮއިންޓަށް އިތުރުވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޮޓްނަމްގެ ސީޒަން ގޯހުން ގޯހަށް، ލީގު ރެލިގޭޝަންގައި އޮތްޓީމު ޗެންޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ބަލިވެއްޖެކުޅިވަރު | ދުވަހެއް ކުރިންއަހަރު ފެށުނުފަހުން އެއްވެސް މޮޅެއް ނުލިބި ޓޮޓްނަމް ބަލިވެ ރެލިގޭޓްވުމާއި ގާތަށްކުޅިވަރު | 10 ދުވަސް ކުރިންއެޒޭ އާއި ގެޔޯޜކެރޭސްގެ ގޯލުތަކުން ނޯތުލަންޑަން ޑާބީގައި ހިތިގޮތަށް ޓޮޓްނަމް ބަލިކޮށް ރެލިގޭޝަނަށް ފޮނުވާލައިފިކުޅިވަރު | 17 ދުވަސް ކުރިންޓޮޓެންހަމްގެ ވަގުތީ ކޯޗަކަށް އީގޯ ޓޫޑޯ ހަމަޖައްސައިފިކުޅިވަރު | މަހެއް ކުރިން