logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެލްސީ ރިޖެކްޓް މަޑުއެކޭ ޓްރާންސްފަރ މައްސަލައިގައި އާރސެނަލްގެ ސަޕޯޓަރުން ނުރުހުން ފާޅުކުރަނީ

އަބްދުﷲ ޣާނިމް
11 ޖުލައި 2025 - 19:20
މަޑުއެކޭ ގެ ޓްރާންސްފަރ ޚަބަރާއެކު އާރސެނަލްގެ ސަޕޯޓަރުން ރުޅިގަދަވެއްޖެ
މަޑުއެކޭ ގެ ޓްރާންސްފަރ ޚަބަރާއެކު އާރސެނަލްގެ ސަޕޯޓަރުން ރުޅިގަދަވެއްޖެ

ޗެލްސީއިން ބޭނުން ނުވެގެން ދޫކޮށްލަން އުޅޭ ކުޅުންތެރިއެއް ކަމަށްވާ ނޯނީ މަޑުއެކޭ އާrސެނަލަށް ގެނައުމަށް ހުށަހަޅާފައިވާ މަސައްކަތާ ދެކޮޅަށް އާރސެނަލްގެ އެތައް ހާސް ސަޕޯޓަރުން އޮންލައިންކޮށް އެކަމާއި ނުރުހުން ފާޅުކޮށް އޮންލައިން ޕެޓިޝަން ހަދަންފަށައިފިއެވެ.

23 އަހަރުގެ އިނގިރޭސި ކުޅުންތެރިޔާ އާސެނަލަށް ގެނައުމަށް އާރސެނަލް އިން 50 މިލިއަން ޕައުންޑްގެ އޮފަރެއް ހުށަހަޅާފައިވާ ކަމަށާއި، އަދި އޭނާގެ އަމިއްލަ ޝަރުތުތަކާމެދުވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބުދަ ދުވަހުން ފެށިގެން މިހާތަނަށް 4 ހާހަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ "" ޕެޓިޝަނުގައި، ކްލަބުގެ ކުރިމަގަށް މިފަދަ ސޮއިކުރުމަކީ ފަހަތަށް އެޅޭ ދެ ފިޔަވަޅެއް ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ކްލަބުގެ އިސްވެރިން މަޑުއެކޭއާއެކު މަސައްކަތްކޮށްފައިވާ ފަރާތްތަކާ މަޝްވަރާކޮށް، އޭނާއަކީ އިންވެސްޓްކުރުން އެކަށީގެންވާ ކުޅުންތެރިއެއްކަމަށް ޤަބޫލުކުރެއެވެ.

"އާސެނަލް ފޭނުންނަށް މިއަށްވުރެ ރަނގަޅު އެއްޗެއް ޙައްޤުވޭ. ނަމަވެސް ކާމިޔާބީއާ ވަރަށް ކައިރިވެފައި ތިބެ، މިހާރު ތިބި ސްކޮޑް ވަރުގަދަކުރުމުގެ ބަދަލުގައި ފަހަތަށް ދެ ފިޔަވަޅު އަޅަން މި ޖެހެނީ،" ޕެޓިޝަން ފެށި ފަރާތުން ބުނެފައިވެއެވެ.

އާރސެނަލްގެ ސަޕޯޓަރުން މިކަމާއި ދެކޮޅަށް ނިކުންނަންޖެހުނީ ވޭޓުވެދިޔަ 6 އަހަރު އެތަކެއް މިލިޔަނެއް ޗެލްސީއަށް ދިނުމަށްފަހު 6 ކުޅުންތެރިއެއްގެ ސޮއި އާރސެނަލް އިން ހޯދާފައިވާނަމަވެސް އޭގެ ތެރެއިން އެއްވެސް ކުޅުންތެރިއަކު ސަޕޯޓަރުންނާއި ކުލަބު އުއްމީދުކުރިވަރާއި ގާތަށްވެސް އާރސެނަލް އަށް ކުލެވިފައި ނުވުމެވެ. މީގެ އިތުރުން އާޜސެނަލް އިން ބޮޑު އަގުތަކެއް މިހާތަނަށް ޗެލްސީއަށް ދައްކާފައިވާއިރު، އޭގެބަދަލުގައި ޗެލްސީއިން ވަނީ އާރސެނަލް އާއި އެހެން ކުލަބު ތަކުން ލިބޭ ޓްރާންސްފަރ ފީ ބޭނުންކޮށްގެން ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާ ދަގަނޑަށް ކިރާލުމަށްފަހު ޔުނައިޓެޑުން 7 ކުޅުންތެރިޔަކު ދޫކޮށްލައިފިކުޅިވަރު | 5 ދުވަސް ކުރިންސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފިކުޅިވަރު | 7 ދުވަސް ކުރިންއޮލީސޭ ނުވިއްކާނެކަމަށް ބުނެ ބަޔާންގެ ރައީސް ރެއާލް އަށް ވަރުގަދަ ރަށްދެއްކުޅިވަރު | 9 ދުވަސް ކުރިންމެސީ ލައިޓް މޮނާކޯއަށް ދާއިމީކޮށް ފޮނުވާލައިފިކުޅިވަރު | 10 ދުވަސް ކުރިން