logo
Bank of Maldives

Bank of Maldives

ޚަބަރު

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ، ކަނޑުގެ އަޑިން ފެނިއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
12 ޖުލައި 2025 - 06:11
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ، ކަނޑުގެ އަޑިން ފެނިއްޖެ

ގދ. ގައްދޫން ފުރައިގެން އެ ރަށާ ޖެހިގެން އޮންނަ ގަމަށް ދަތުރުކުރި 75 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ދަތުރުކުރި ޑިންގީ، ކަނޑުގެ އަޑިން މިއަދު ފެނިއްޖެއެވެ.

މޫސުން ގޯސްވެފައި ވަނިކޮށް އެކަނި ގައްދޫން ފުރައިގެން ގަމަށް ދަތުރުކުރި ޒަކަރިއްޔާ ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ހާއިރުއެވެ. އެ މައްސަލަ ފުލުހުންނަށް އެ ދުވަހުގެ ހަވީރު ހުށަހެޅުމާއެކު އެ ރަށު ކައުންސިލާއި ސިފައިން އަދި ފުލުހުން ގުޅިގެން ދަނީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅިގެން މީޑިޔާތަކަށް ސިފައިން މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އެ ޑިންގީ ފެނިފައިވާ ކަމަށެވެ.

އެޑައިވް ކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ގުޅިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެ ކުރިން ސިފައިން ބުނި ގޮތުގައި، ޒަކަރިއްޔާ ހޯދުމަށް ކަނޑުމަގުން 2،307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެ މަގުން 3.،39 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ޒަކަރިއްޔާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އޭނާ ދަތުރުކުރި ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާ ބޯޓަކުން ވިލިމާލެ ކައިރިން ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފިޚަބަރު | މަހެއް ކުރިންގެއްލުނު ކުއްޖާ ތިން ދުވަސް ފަހުން ފެނުނީ ނައިފަރު މަގުމަތިންޚަބަރު | 3 މަސް ކުރިން15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން އާންމުންގެ އެހީއަށް އެދިއްޖެޚަބަރު | 3 މަސް ކުރިންގެއްލުނު ޔާމީން ވަނީ ބްރިޖުން މޫދަށް ފުންމާލާފަ: ފުލުހުން ޚަބަރު | 4 މަސް ކުރިން