logo
MPL

MPL

ޚަބަރު

ގެއްލުނު ކުއްޖާ ތިން ދުވަސް ފަހުން ފެނުނީ ނައިފަރު މަގުމަތިން

މުހައްމަދު މޫސާމުހައްމަދު މޫސާ
5 އޯގަސްޓު 2025 - 15:41
ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ، ފޮޓޯ: ޕޮލިސް
ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ، ފޮޓޯ: ޕޮލިސް

ޅ. ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 15 އަހަރުގެ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ޅ. ނައިފަރު/ސީނިޔާގެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މިރޭ ބުނިގޮތުގައި މައިސަރާ ވަނީ މިހާރު ފެނިފައެވެ. އެ ކުއްޖާ ފެނިފައި ވަނީ އެރަށުގެ މަގުމަތިންނެވެ.

''ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނައިފަރު މަގުމަތިން މިރޭގެ ވަގުތެއްގައި ވަނީ ފެނިފައި. ކުއްޖާގެ ހާލު ރަނގަޅު.'' ފުލުހުން ބުންޏެވެ.

މައިސަރާގެ އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރީ މިއަދު މެންދުރު 13:22 ހާއިރުއެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އެ ކުއްޖާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށެވެ.

މައިސަރާ ގެއްލުމާއި ގުޅޭ މައްސަލަ ބަލަމުން އަންނަކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ގެއްލިގެން ހޯދަން އިއުލާނުކުރި ކުއްޖެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | ދުވަހެއް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 9 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 9 ދުވަސް ކުރިން