logo
MPL

MPL

ޚަބަރު

އިންޑިއާ ބޯޓަކުން ވިލިމާލެ ކައިރިން ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފި

ޝަހްޒާ މުހައްމަދު
23 ސެޕްޓެމްބަރު 2025 - 04:00
އިންޑިއާ ބޯޓަކުން ވިލިމާލެ ކައިރިން ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފި

އިންޑިއާގެ ކާގޯ ބޯޓަކުން ވިލިމާލެ ކައިރިން ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ ވެއްޓުނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓެއް ކަމަށްވާ "އެމްއެސްވީ ޑައުލާ" އިން ކަމަށެވެ. ވެއްޓިފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑިއެފުން ބުންޏެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 23:35 ހާއިރު ކަމަށް އެމްއެންޑިއެފްއިން ބުންޏެވެ.

ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލައް ކައިރިން މުދާ އުފުލާ ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިޚަބަރު | 22 ދުވަސް ކުރިންދޯންޏަކަށް ދިޔަވެ އަޑިއަށް ގޮސް ކައްޕި އާއި ފުލުހަކާއި ސިފައިންގެ މީހެއް ގެއްލިއްޖެޚަބަރު | 3 މަސް ކުރިންލޯންޗެއް އެކްސިޑެންޓްވެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެނީޚަބަރު | 5 މަސް ކުރިންލޯންޗެއް ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދަނިކޮށް މީހުން ސަލާމަތްކޮށްފިޚަބަރު | 5 މަސް ކުރިން