logo
Bank of Maldives

Bank of Maldives

ޚަބަރު

ގައްދޫން ގެއްލުނު ޒަކަރިއްޔާގެ ހަށިގަނޑު ލައްގާފައި އޮއްވައި ފެނިއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 ޖުލައި 2025 - 07:19
ގައްދޫން ގެއްލުނު ޒަކަރިއްޔާގެ ހަށިގަނޑު ލައްގާފައި އޮއްވައި ފެނިއްޖެ

ގދ. ގައްދޫން ފުރައިގެން އެ ރަށާ ޖެހިގެން އޮންނަ ގަމަށް ދަތުރުކުރި 75 އަހަރުގެ ޒަކަރިއްޔާ މުޙައްމަދުގެ ހަށިގަނޑު، ގަމުކޮޅުގައި ލައްގާފައި އޮއްވައި ފެނިއްޖެއެވެ.

މޫސުން ގޯސްވެފައި ވަނިކޮށް އެކަނި ގައްދޫން ފުރައިގެން ގަމަށް ދަތުރުކުރި ޒަކަރިއްޔާ ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ހާއިރުއެވެ. އެ މައްސަލަ ފުލުހުންނަށް އެ ދުވަހުގެ ހަވީރު ހުށަހެޅުމާއެކު އެ ރަށު ކައުންސިލާއި ސިފައިން އަދި ފުލުހުން ގުޅިގެން ވަނީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މަސައްކަތުގެ ތެރެއިން އިއްޔެ އޭނާ ދުއްވި ޑިންގީ ސިފައިންނާއި ފުލުހުން ވަނީ ހޯދާފައެވެ. އެ ޑިންގީ ފެނުނީ  ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިންނެވެ.

މިއަދު ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ގަމު ދެކުނު ފަރާތު އަތިރިމަތިން ޒަކަރިއްޔާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 11:43 ހާއިރުއެވެ.

ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ކުރިން ބުނެފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާ ބޯޓަކުން ވިލިމާލެ ކައިރިން ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފިޚަބަރު | މަހެއް ކުރިންގެއްލުނު ކުއްޖާ ތިން ދުވަސް ފަހުން ފެނުނީ ނައިފަރު މަގުމަތިންޚަބަރު | 3 މަސް ކުރިން15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން އާންމުންގެ އެހީއަށް އެދިއްޖެޚަބަރު | 3 މަސް ކުރިންގެއްލުނު ޔާމީން ވަނީ ބްރިޖުން މޫދަށް ފުންމާލާފަ: ފުލުހުން ޚަބަރު | 3 މަސް ކުރިން