logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއެމްޕީއާރުސީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް ބަދަލުކުރައްވައިފި

ހުސައިން ވަސީމް
14 ޖުލައި 2025 - 06:03
އެމްއެމްޕީއާރުސީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް ބަދަލުކުރައްވައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރައްވައިފިއެވެ.

މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ގަރާރުގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްގީއަށާއި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް މަގުފަހިކޮށްދޭނެގޮތަށް ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން އެއްބާވަތުގެ މަސައްކަތްތައް އެއްތަނަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން، އިސްތިހާރާއި މާކެޓިންގެ ހުރިހާ ކަމެއް އެއްތަނަކުން ބަލަހައްޓައި ޚިދުމަތް އަވަސްކޮށް، ހަލުވި ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރައްވައި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ކުންފުނިން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ގަސްތުކުރައްވާ ކަމަށް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ކަމަށެވެ.އަދި މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިސްތިހާރުކުރުމުގެ ހުރިހައި މަސައްކަތްތަކެއް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެއް ކަމަށްވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައްތާހު ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 6 ގަޑިއިރު ކުރިންބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާގައި މަތީ ތައުލީމާބެހޭ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ޚަބަރު | 16 ގަޑިއިރު ކުރިންއެސްއެމްއީތަކަށް ހެޔޮއަގެއްގައި މުދާ ރައްކާކުރެވޭ ގުދަންތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 18 ގަޑިއިރު ކުރިންމީޑިއާތަކަށް ފައިސާ ދޫކުރުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ: މިނިސްޓަރ އިބްރާހިމް ވަހީދުޚަބަރު | ދުވަހެއް ކުރިން