logo
Bank of Maldives

Bank of Maldives

ޚަބަރު

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: ރައީސް

އައިޝަތު ނަޝާ
20 އޭޕްރީލު 2026 - 06:21
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: ރައީސް

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަރަށް ލަސް ކަމަށްށާއި، އެ ސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަނުޖެހިނުލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިންޑިއާގެ އެހީގައި ހަދަމުން އަންނަ ބްރިޖުގެ މަސައްކަތް ހަގީގަތު ވެސް ވަރަށް ލަސް ކަމަށާއި ނަމަވެސް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެމުން އަންނަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަގީގަތުގައި ވަރަށް ލަސް ދާ ލެއް. ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ވިއްޔާ ކޮށްދެން. މި ދޭތެރެއިން މުއްދަތު އިތުރުކޮށްދޭން އެދިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފަ އިތުރަށް މުއްދަތު ދީފިން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ބްރިޖުގެ މަސައްކަތް ލަސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބްރިޖު ނިންމުމަށް ކުރިން ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް ވެސް އެދިފައިވާ ކަމަށާއި ސަރުކާރުން ވަރަށް ބޮޑަށް ކަންކަން ބެލުމަށްފަހު މުއްދަތު ފަހުން އަނެއްކާ ވެސް އިތުރުކޮށްދީފައިވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ބްރިޖު ނިންމޭނެ ތާރީހެއް އެމަނިކުފާނު ދެއްވި ކަމަށާއި ނަމަވެސް އެ ތާރީހު ދިމާ ނުވުމުން މިފަހަރުގެ ރިޔާސީ ބަޔާނުގައި ބްރިޖުގެ ވާހަކަ ނުގެންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން 2026 އަށް ނިންމޭނެ ކަމަށް އެބޭފުޅުން ތާރީހެއް ދިން ނަމަވެސް މިހާރު 2027 އަށް ނިންމޭނެ ކަމަށް ބުނަމުން އަންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާވަން ޑިވެލޮޕްމެންޓުން އިއްޔެ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓުގެ 71.60 އިންސައްތަ ވަނީ ނިމިފައެވެ. އަދި މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރެވެމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ޤާނޫނު އިސްލާހު ކުރުމަށް ނިންމައިފި!ޚަބަރު | 2 ގަޑިއިރު ކުރިންތިލަމާލެ ބްރިޖްގެ 71 އިންސައްތަ މަސައްކަތް ނިމިފައި!ޚަބަރު | 20 ގަޑިއިރު ކުރިންރައީސް ދެއްވީ ރަހުނުކުރި 4 ބިމެއް ސަލާމަތްކުރެއްވިކަމުގެ އުފާވެރި ޚަބަރު!ޚަބަރު | ދުވަހެއް ކުރިން