logo
Bank of Maldives

Bank of Maldives

ޚަބަރު

ލޮލުގެ ފަރުވާއަށް ހާއްސަ މޯލްޑިވްސް ސްޕެކްސް 2030 އިނީޝިއޭޓިވް އިފްތިތާހުކޮށްފި

އާމިނަތު ޝަފާ
14 ޖުލައި 2025 - 09:47
ލޮލުގެ ފަރުވާއަށް ހާއްސަ މޯލްޑިވްސް ސްޕެކްސް 2030 އިނީޝިއޭޓިވް އިފްތިތާހުކޮށްފި

ދިވެހިރާއްޖޭގެ ލޮލުގެ ސިއްޙަތުގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ލަނޑުދަނޑިތަށް ހާސިލްކުރުމުގެ މަގުޗާޓު ކަމަށްވާ މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހުޅުމާލެ ވޯޓާ އެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިނީޝިއޭޓިވް އިފްތިތާޙް ކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްޙަތު ޖައްމިޔާއިން ރާއްޖޭއަށް ކަނޑައަޅުވައިފައިވާ މަންދޫބް މިސް ޕޭޑެންއާ، ޞިއްޙީ ވުޒާރާގެ އިސްވެރިން އަދި މާލެ ސަރައްހަދުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްޕެކްސް 2030 އިނީޝިއޭޓިވްއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އެކަށީގެންވާ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ލިބޭނެ ގޮތް ހޯދާދިނުމަށް ދުނިޔޭގެ ސިއްހަތު ޖައްމުޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ އިނީޝިއޭޓިވްއެކެވެ.

މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް)އަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މުހިއްމު ކަމެކެވެ. މި އިނީޝިއޭޓިވްގެ މަޤްސަދަކީ ގައުމީ ފެންވަރުގައި ލޮލުގެ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކޮށް، ލޮލުގެ ފެނުމުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ.

މޯލްޑިވްސް ސްޕެކްސް 2030ގެ ސަބަބުން ރާއްޖޭގައި ލޮލުގެ ސިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ކަންކަން މަގުފަހިވެ، އެންމެންނަށް ފަސޭހައިން ލޮލުގެ ޚިދުމަތްތައް ލިބޭނެ ގޮތް ފަހިވެގެންދާނެއެވެ.

އަދި މި އިނީޝިއޭޓިވްގެ ތެރެއިން ރާއްޖޭގައި ލޮލުގެ ސިއްޙަތާއި ގުޅޭ ސްޓެރެޓެޖީއެއް މިނިސްޓްރީ އޮފް ހެލްތާ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއާ ގުޅިގެން އެކުލަވާލެވިގެން ދާނެއެވެ. އަދި މި ސްޓްރެޓެޖީ އެކުލަވާލެވިގެންދާނީ ލޮލުގެ ސިއްޙަތާއި ބެހޭ މަޢުލޫމާތާއި، ސްޓްރެޓެޖިކް ޕްލޭނިންގ ޓޫލްސް، އަދި ކަމާ ގުޅޭ ފަރާތްތަކެއްގެ ބައިވެރިވުމާއެކުގައެވެ. ލޮލުގެ ސިއްޙަތާ ގުޅޭ އައި ކެއަރ ސިޗުއޭޝަން އެނަލިސިސް ޓޫލް (އީސީއެސްއޭޓީ) ބޭނުންކޮށްގެން، ދިވެހިރާއްޖޭގައި މިހާރު ލޮލުގެ ސިއްޙަތާ ގުޅޭ ޚިދުމަތްތައް ދެވޭ ގޮތް ވަޒަންކޮށް، ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގެ ފަހުން، ގްރޭޓަރ މާލެ ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ ފަންނީ މާހިރުންނާއި ލޮލުގެ ޑޮކްޓަރުންނާއެކު ތިން ދުވަހުގެ ޓެކްނިކަލް ވަރކްޝޮޕެއް ބޭއްވޭނެއެވެ. މި ވަރކްޝޮޕްގައި ސްޓްރެޓެޖީ އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި މިކަމާއި ގުޅޭގޮތުން އަތޮޅުތަކަށް މިޝަން ފީލްޑް ދަތުރުތަކެއްވަނީ ރޭވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭސްވެރިކަމުގެ ގައުމީ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތްކުރަނީޚަބަރު | 3 މަސް ކުރިންއައިއެސްޑީބީއިން 4 ލައްކަ ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީދާއިރާއަށް ހަދިޔާކޮށްފިޚަބަރު | 3 މަސް ކުރިންމެމޮގްރަފީގެ ޚިދުމަތް ބ.އަތޮޅުގައި ފަށައިފިޚަބަރު | 7 މަސް ކުރިންލޮލުގެ ފަރުވާއަށް ހާއްސަ މޯލްޑިވްސް ސްޕެކްސް 2030 އިނީޝިއޭޓިވް އިފްތިތާހުކޮށްފިޚަބަރު | 8 މަސް ކުރިން