logo
E-Platinum
ޚަބަރު

ޕޮލިޓެކްނިކުން 431 ދަރިވަރަކު ދަސްވެނިވެއްޖެ

އަޙްމަދު ޒަލީފް
21 ސެޕްޓެމްބަރު 2024 - 14:03
ޕޮލިޓެކްނިކުން 431 ދަރިވަރަކު ދަސްވެނިވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކުން އެކި ދާއިރާތަކުން 431 ދަރިވަރަކު ތަމްރީންވެއްޖެ އެވެ.

މޯލްޑިވިސް ޕޮލިޓެކްނިކްގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިދިޔަ ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ގްރެފިކް ޑިޒައިން، އިލެކްޓްރިޝަން، އިންޖީން ރިޕެއަރ، އޮފިސް މެނޭޖްމަންޓް، ވުޑް ޓަރނިންގ، ފެޝަން ޑިޒައިން، އާޓިޓްކްޗަރ ފަދަ އެތަށް ދާއިރާއެއްގެ ކޯސްތަކަކުން ދަސްވެނިވެފަ އެވެ.

މި އަހަރު ޕޮލިޓެކްނިކުން ދަސްވެނިވި ދަރިވަރުންގެ ތެރޭގައި، ސ. ހިތަދޫ، ގއ. ވިލިނގިލި، ގދ. ގައްދޫ އަދި ހއ. ދިއްދޫ ކެންޕަސްގެ ދަރިވަރުންވެސް ހިމެނެ އެވެ.

މި އަހަރު ޕޮލިޓެކްނިކުން 431 ދަރިވަރުން ދަސްވެނިވެފައިވާއިރު، 324 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ. އަދި އަންހެން ދަރިވަރުންގެ އަދަދަކީ 107 އެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި، އެކި ދާއިރާތަކުން ތަމްރީނުވެފައިވާ 22 ދަރިވަރުން ވަނީ ޙާއްސަ އެވޯޑް ހާޞިލުކޮށްފައިވެ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ މުއްޠަލިބެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވެސް ޓެކްނިކަލް ދާއިރާތަކުން ޤައުމަށް ޙިދުމަތް ކުރާނެ ޒުވާނުން ނެރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިސްކަންދެއްވާކަން ފާހަގަކުރައްވާ، އެދާއިރާތަކުން ޒުވާނުން ތަމްރީންކުރުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޮލިޓެކްނިކުން ގަހަނާ ޑިޒައިން ކުރުމުގެ ކޯހެއް!ޚަބަރު | 7 މަސް ކުރިންދެ ދާއިރާއަކުން ފަންނުވެރިން ތަމްރީން ކުރުމަށް އެއްބަސްވުމެއްޚަބަރު | 9 މަސް ކުރިންޕޮލިޓެކްނިކުން 431 ދަރިވަރަކު ދަސްވެނިވެއްޖެ ޚަބަރު | 10 މަސް ކުރިން