logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ ދާއިރާއަކުން ފަންނުވެރިން ތަމްރީން ކުރުމަށް އެއްބަސްވުމެއް

އަޙްމަދު ޒަލީފް
21 އޮކްޓޯބަރު 2024 - 13:57
ދެ ދާއިރާއަކުން ފަންނުވެރިން ތަމްރީން ކުރުމަށް އެއްބަސްވުމެއް

ދެ ދާއިރާއަކުން ފަންނުވެރިން ތަމްރީނު ކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިޓެކްނިކާއެކު އެންވަޔަރަމެންޓް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން (އާރްއޭސީ) ޓެކްނީޝަނުން ތަމްރީނު ކުރުމުގެ މަސައްކަތް މި އެއްބަސްވުމުގެ ދަށުން ކުރުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިން އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމަކީ އާރްއޭސީ ސާރވިސިން ދާއިރާއަށް ލައިސަންސިން ނިޒާމެއް ތަޢާރަފުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި އެއްބަސްވުމުގެ ދަށުން ތަމްރީނު ޕްރޮގްރާމްތަކަށް ބޭނުންވާ އާލާތްތައް ހޯދުމަށާއި، މުސްތަޤުބަލުގައި ރެފްރިޖަރަންޓް ރީސައިކަލް ކުރުމާއި އަލުން ބޭނުންކުރެވޭ ގޮތަށް ސާފުކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބި އާރްއޭސީ ޓެކްނީޝަނުންނަށް ފަންނީ ހުނަރު އިތުރުކޮށް، ދާއިރާގެ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ދެނިވި ގޭސްތައް ޖައްވަށް ބޭރުވާ މިންވަރު މަދަދުކުރުމަށްވެސް އެހީތެރިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުންފުހުގެ އަސަރު ކުރުމުގެ ކުރިން އެކަން ރައްޔިތުންނަށް އެނގޭނެ: ވަޒީރު ތޯރިގުޚަބަރު | 23 ދުވަސް ކުރިންޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިމިއްޖެޚަބަރު | 3 މަސް ކުރިންޖެންޑަރ އެކްޝަން ޕްލޭން ހެދުމާ ގުޅޭ މަސައްކަތު ބައްދަލުވުން ބާއްވައިފިޚަބަރު | 3 މަސް ކުރިންކަމަދޫގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއްޚަބަރު | 4 މަސް ކުރިން