ދައުލަތުން ހަރަދުކޮށްގެން ފަށާފަހުރި މަޝްރޫއަތައް ނިންމާނަން
16 ޖުލައި 2025 - 16:48

ދައުލަތުން ހަރަދުކޮށްގެން ފަށާފަހުރި މަޝްރޫއުތައް ނިންމާނެކަމަށާއި މި ސަރުކާރުން އަލަަށް ފަށާ މަޝްރޫއަތައް ވެސް ދާނީ ނިންމާފަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ޕީއެންއިން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ، ރައީސް މުއިއްޒު ހުރީ މިހާރު ހުރި މައްސަލަތަކާއި އަންނަން ހުރި ޖީލް ތަކަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދީ މިނިވަން އަދި އެންމެނަށް ވެސް ދިރިއުޅެން ފައްސޭހަ ދިވެހިރާއްޖެއަކަށް ގެނެސްދިނުމަށް އަތުކުރި އޮޅާލައްވައިގެންކަމަށެ. އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއް ނެތި ކުރާ މަސައްކަތް ވީހާ ވެސް އަމާނާތް ތެރިކަމާއި އެކު ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
ފާއިތުވި ސަރުކާރުތަކުން ކަންކަން ކުރެވިފަ ހުރިގޮތުން އާންމު ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް ވަނީ މިއަދު އުފެދިފަ . އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީ ފަހުން ރަށްރަށައް ގޮސް ރައްރަށުގެ ރައްޔިތުންނާއި ބައްދަލުކުރީމަ އަޅުގަނޑުމެނަށް އެނގުނު އެއްޗަކީ އެކެއް އަނެކަކަށް ކުރާ އިހްތިރާމް ވަރަށް ކުޑަވެފަ އޮތްކަން އިތުބާރު އެއްގޮތަކަށް ވެސް ނުކުރެވޭކަން . އަޅުގަނޑުމެން އެކެއް އަނެކަކަށް އެއްބަސްވެފައިވާ އެއްބަސް ވުމަކަށް އެއްވެސް ކަހަލަ ފަރުވާއެއް ނުލިބިފަ އޮތްކަން .މިހެން މިދިމާވަނީ ސަރުކާރުތަކުން ކޮށްފަ ހުރި ކަން ކަމުގެ ގޮތުން . މުއާމަލާތް ކުރެވިފަ އެކަންކަން ނުކުރެވި ލަސްވެފަ ނުވަތަ ހަދާންނެތިފަ ހުރުމުގެ ސަބަބުން .
އެއާއެކު މިސްޓާރ ވިދާޅުވީ، ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ މައްސަލަތަކަށް ހައްލެއް ގެންނަންކަމަށާއި އެމައްސަލަތަކަށް އެޑްރެސްކޮށް އެ މައްސަލަތައް ރާއްޖޭގެ ރައްޔިތުންނަށް ފަހިވާ ގޮތްގޮތަށް ނިންމަންޖެހޭކަމަށެވެ. ޕީއެންސީ ސަރުކާރުން އަޒުމުކަނޑައަޅައިގެން ހުރީ ރާއްޖޭގެ ރައްޔިތުންނަށް މިކަން މިއަދުގެ ހުރި މައްސަލަތަކާއި އަދި އަންނަން އޮތް ޖީލުތަކަށް އެ މައްސަލަ ހައްލުކޮށްދީ މިނިވަން އަދި އެންމެނަށް ވެސް ދިރިއުޅެން ފައްސޭހަ ދިވެހިރާއްޖެއެއް ގެނެސްދޭންކަމަށް ވިދާޅުވިއެވެ.
އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއްނެތި އެ ފަރާތުން ކުރާ މަސައްކަތް ވީހާވެސް އަމާނަތް ތެރިކަމާއި އެކު ދިވެހި ރައްޔިތުންނަށް ކޮށްދޭނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އެއް ޕާޓީއެއްގެ އެކަކު ދަންނަވަނީ ވަނީ އެއާޕޯޓުގެ މަސައްކަތް އެއީ ތިމަންމެން ނިންމާފައިހުރި ތަނެކޭ 70 ޕަސެންޓަށް ތުރެ ގިނައިން ޕަސެން ތިމަންނަމެން ނިންމާ އޮތްތަނެކޭ ހަމަ އެޕާޓީގެ އެހެން ބޭފުޅަކު ވިދާޅު ވަނީ އެކަން ކުރީމަ ވާނީ ސަރުކާރަށް ގެއްލުމޭ . މިހާތަނަން މިތައް މިލިޔަން ޑޮލަރު ގެންލުން ވެއްޖެޔޭ .
ދިވެހި ދައުލަތުން ހަރަދުކޮށްގެން ފަށާފަހުރި މަޝްރޫއަތަކެއްވިއްޔާ ނިންމާ އަދި މި ސަރުކާރުން އަލަަށް ފަށާ މަޝްރޫއަތައް ވެސް ދާނީ ނިންމާފައިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައި.