logo
Bank of Maldives

Bank of Maldives

ޚަބަރު

މިހާރުގެ ބައިނަލްއަޤްވާމީ ޓާމިނަލް ޑޮމެސްޓިކް ޓާމިނަލަށް ބަދަލުކުރަނީ

ޝަހްޒާ މުހައްމަދު
18 ޖުލައި 2025 - 11:34
ވެލާނާ އެއާޕޯޓުގެ މިހާރުގެ ބައިނަލްއަގުވާމީ ޓާމިނަލް -- ފޮޓޯ: އަވަސް
ވެލާނާ އެއާޕޯޓުގެ މިހާރުގެ ބައިނަލްއަގުވާމީ ޓާމިނަލް -- ފޮޓޯ: އަވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެފައިވާއިރު، އައުޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުވުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ޓާމިނަލަށްކަމަށް، އެމްއޭސީއެލް އިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވި ގޮތުގައި، ޖުލައި 27 ގައި މޯލްޑިވިއަންއާއެކު އައު ޓާމިނަލްގެ އޮޕަރޭޝަން ފެށުމަށްފަހު، ފަހަރަކު އެއާލައިނެއް އެ ޓާމިނަލަށް ބަދަލުކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައު ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކުރުމަށްފަހު މިހާރު ބޭނުންކުރާ ބައިނަލްއަގުވާމީ ޓާމިނަލަށް ބަދަލު ގެނެސް، އެތަން ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރުމުގެ ވިސްނުން އެމްއޭސީއެލުން ގެންގުޅޭ ކަމަށް ޑީއެމްޑީ ވިދާޅުވިއެވެ.

މި އަހަރުގެ ފަތުރުވެރިންގެ ސީޒަން އަންނަންވާއިރަށް ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ހުރިހާ އެއާލައިނެއް އައު ޓާމިނަލަށް ބަދަލުކުރެވޭނެ ކަމަށް ވެސް ޑީއެމްޑީ ވިދާޅުވިއެވެ. އަދި މިހާރު ނިންމާފައިވާ ގޮތުން، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއާލައިނަކަށް ޚިދުމަތް ދޭނީ އައު ޓާމިނަލުން ކަމަށްވެސް ޑީއެމްޑީ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ކުރިއަށް އޮތް 40 އަހަރު ދުވަހު އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ފެށޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އައު ޓާމިނަލާއި ސީޕްލޭން ޓާމިނަލާ ދެމެދު ބޭނުންކުރާ ވެހިކަލްގެ އަދަދު މަދުކުރުމަށްޓަކައި ފިކްސްޑް ލައިނެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. މި މަސައްކަތުގެ ފީސިބިލިޓީ ދިރާސާ ހެދުމަށް ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިނުން 2,000 އަށްވުރެ ގިނަ ދަތުރުކުރަނީޚަބަރު | 12 ދުވަސް ކުރިންވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިޚަބަރު | 16 ދުވަސް ކުރިން އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކުރުމަށް އަބަދުވެސް މަސައްކަތްކުރާނަން: އެމްއޭސީއެލްޚަބަރު | 22 ދުވަސް ކުރިންވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް: އެމްއޭސީއެލް އެމްޑީވިޔަފާރި | މަހެއް ކުރިން