logo
MPL

MPL

ޚަބަރު

ދަރަނި ދެއްކުމުގެ ޤާބިލްކަން އެމްއޭސީއެއްގައި އެބަހުރި - އެމްޑީ

އަޙްމަދު ޒަލީފް
19 ޖުލައި 2025 - 09:06
ދަރަނި ދެއްކުމުގެ ޤާބިލްކަން އެމްއޭސީއެއްގައި އެބަހުރި - އެމްޑީ

އެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކުރުމަށް ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ ޤާބިލްކަން އެމްއޭސީއެލްގެ އެބަހުރި ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޝަރީފް ވިދާޅެއްޖެއެވެ.

ޓީވީއެމްއިން ގެނެސްދިން ހޭޔަންބޯ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން ކަންކަން ކޮށްފައި އޮތް ގޮތުގެ ސަބަބުން ކުންފުންޏަށް ލިބެންޖެހޭ ވަރަށް ގިނަ އާމްދަނީ ހުއްޓިފައިވާ ހުރި ކަމަށާއި، ނަމަވެސް އެކަންކަން ތަރުތީބުކޮށް، ކުންފުނީގެ މާލީ ޙާލަތު ބޮޑުތަނުން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، އާ ޓާމިނަލްއަކީ ޒަމާނީ ޓެކްނޮލޮޖީއާ ވަރަށް ބޮޑަށް ގުޅިފައި ހުރި ތަނަކަށް ވާތީ އާއި  މަތިންދާބޯޓުތަކަށް ތެޔޮ އެޅުން ފަދަ ހިދުމަތް ވެސް މިހާރު ޒަމާނީކޮށްފައި އޮތުމުން ޕްރައިމް ޓައިމްގައި އިތުރު ފްލައިޓްތަކަށް ފުރުސަތު ލިބޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވީއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގައި ހިމެނުނީ އާ ސީޕްލޭން ޓާމިނަލާއި އާ ރަންވޭ އާއި އާ ފިއުލް ފާމް އާއި އާ ކާގޯ ޓާމިނަލް އާއި އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އަދި ސީއައިޕީ އެވެ.

"މި ލޯނުތައް ދެއްކުމުގެ ގާބިލްކަން ފުރިހަމައަށް އެބަ އޮތޭ. އެއްވެސް ބޭފުޅަކު ހާސްވެވަޑައިގަންނަވާނެ ކަމެއް ނެތް. އެމްއޭސީލްއިން މި ލޯންތައް ދައްކާ ނިންމާލާނެ." - ޝަރީފް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އާ ޓާރމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނައިރު، މި ޓާރމިނަލްއާއެކު އަހަރު 7 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ކަމަށް އަންދާޒާ ކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ދެވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް 1.62 މިލިއަން ފަސިންޖަރުންޚަބަރު | 3 ދުވަސް ކުރިންވެލާނާ އެއަޕޯޓާއި، މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެޚަބަރު | 22 ދުވަސް ކުރިންދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ފަށައިފިޚަބަރު | މަހެއް ކުރިންއެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އިން ހޫނު މަރުހަބާ އެއް ޚަބަރު | 2 މަސް ކުރިން