logo
MPL

MPL

ޚަބަރު

ބީއެމްއެލްގެ ބްރާންޗެއް ދުވާފަރުގައި ހުޅުވައިފި

ނުހާ އަޙްމަދު
19 ޖުލައި 2025 - 10:57
ބީއެމްއެލްގެ ބްރާންޗެއް ދުވާފަރުގައި ހުޅުވައިފި

ރ. ދުވާފަރުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުޅުވައިފިއެވެ.

މީ ރާއްޖެގައި ބީއެމްއެލްގެ ފަރާތުން ހިދުމަތްދޭން ފެށި 40 ވަނަ ބްރާންޗެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބްރާންޗް ހުޅުވާފައިވަނީ، މިއަދު ދުވާފަރުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްތާތު ޝަރަފުވެރިކޮށްދެއްވައި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު އަދި ޑެޕިއުޓީ ސީއީއޯ އެންޑް ޗީފް އޮޕަރޭޓިންގ އޮފިސަރު ސަހާ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދުވާފަރުގައި ހުޅުވިވުގެން ދިޔަ އައު ބްރާންޗުން "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން ދެމުންދާނީ އިސްލާމިކް ބޭންކިން ހިދުމަތްތަކަށް ހާއްސަ އިސްކަންދީގެން ކަމަށް ބީއެމްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ، މިއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗް އާއި، 133 ސެލްފް ސާވިސް ބޭންކިންގ ސެންޓަރާއި، 188 އޭޓީއެމް އާއި، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ހިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިން ހައްލުތަކާއެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އެފޯޑަބަލް ހައުސިން: 182 ޔުނިޓްގެ ފައުންޑޭޝަން ނިމި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިޚަބަރު | 5 ދުވަސް ކުރިންއަންނަ މަހު ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ ފައިސާ ދެއްކޭނެވިޔަފާރި | 16 ދުވަސް ކުރިންވިޔަފާރިތަކަށް ބޮޑު ލުޔެއް: ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ، ބޭރުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީޚަބަރު | 17 ދުވަސް ކުރިންމި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 21 ދުވަސް ކުރިން