އިޢުލާންކޮށްފައިވާ 57 ރަށުގެ އިތުރުން އިތުރު ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަނީ
20 ޖުލައި 2025 - 04:55

އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން ސަރުކާރުން މިހާރު އިޢުލާންކޮށްފައިވާ ރަށްރަށުގެ އިތުރަށްވެސް، މި ދައުރުގައި އަތޮޅުތަކަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ، "އަހާ" ސިލްސިލާގެ 6 ވަނަ ފޯރަމްގައި ވާހަކަފުލު ދައްކަވަމުން ވަޒީރު ވިދާޅުވީ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަކީ ސަރުކާރުގެ ވައުދެއްކަމަށާއި އެ ރަށްރަށުގައި މަސައްކަތް ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރުންނަށް ހުޅުވާލުމުން އެކަމަށް ވަރަށް ގިނަ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށެވެ.

Ad by Hajj Corporation
" 15 ރަށެއް ފިޔަވާ ދެން މިމަޝްރޫޢުގައި ހިމެނޭ 42 ރަށުގައި ހައުސިން މަޝްރޫޢު ހިންގުމަށް ވަނީ ޕްރޮޕޯސަލް ލިބިފައި. އިވެލުއޭޝަން ނިމުނީމަ އަގު ހުށައެޅުމުގެ ފުރުޞަތަށް ވަރަށް އަވަހަށް ހުޅުވާލާނަން. 12000 ޔުނިޓް ހެދުމަށް ހަވާލުކޮށްފައިވަނީ".
އިޢުލާންކޮށްފައިވާ ރަށްރަށުގެ ތެރެއިން 100 އިން ދަށުން ހައުސިން ޔުނިޓް އަޅަނީ 20 ރަށެއްގައެވެ. މީގެއިތުރުން 12 ރަށެއްގައި 100 ހައުސިން ޔުނިޓު އަޅަން ހަމަޖެހިފައިވާއިރު، 2 ރަށެއްގައި 150 ހައުސިންގ ޔުނިޓް، 9 ރަށެއްގައި 200 ހައުސިން ޔުނިޓް އަދި 14 ރަށެއްގައި 200އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށްވަނީ ހުޅުވާލާފައެވެ.
ސަރުކާރުން މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން މިދާއިރާއިން 2.8 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާއިރު، 1.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވަނީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ޢުމްރާނީ މަޝްރޫޢުތަކަށެވެ.
ހައުސިން ޔުނިޓްތަކުގެ ތަފްސީލް:
100 އަށް ވުރެ މަދުން ހައުސިން ޔުނިޓް އަޅާ ރަށްތައް:
* ހއ. ކެލާ 50 ހައުސިން ޔުނިޓް
* ހއ. އުތީމު 50 ހައުސިން ޔުނިޓް
* ހދ. ކުރިނބީ 50 ހައުސިން ޔުނިޓް
* ހދ. ނެއްލައިދޫ 60 ހައުސިން ޔުނިޓް
* ށ. ކޮމަންޑޫ 50 ހައުސިން ޔުނިޓް
* ނ. މަނަދޫ 50 ހައުސިން ޔުނިޓް
* ނ. މިލަދޫ 50 ހައުސިން ޔުނިޓް
* ރ. އިންނަމާދޫ 50 ހައުސިން ޔުނިޓް
* ރ. ރަސްމާދޫ 50 ހައުސިން ޔުނިޓް
* ޅ. ކުރެންދޫ 50 ހައުސިން ޔުނިޓް
* ކ. ގުރައިދޫ 50 ހައުސިން ޔުނިޓް
* އދ. ދިގުރަށު 30 ހައުސިން ޔުނިޓް
* މ. ކޮޅުފުށީ 50 ހައުސިން ޔުނިޓް
* މ. ދިއްގަރު 75 ހައުސިން ޔުނިޓް
* ތ. ހިރިލަނދޫ 50 ހައުސިން ޔުނިޓް
* ގއ. ގެމަނަފުށީ 50 ހައުސިން ޔުނިޓް
* ގއ. ކޮލަމާފުށީ 50 ހައުސިން ޔުނިޓް
* ގދ. ހޯނޑެއްދޫ 50 ހައުސިން ޔުނިޓް
* ގދ. ފަރެސްމާތޮޑާ 50 ހައުސިން ޔުނިޓް
* ގދ. ފިޔޯރީ 50 ހައުސިން ޔުނިޓް
100ހައުސިން ޔުނިޓް އަޅާ ރަށްތައް
* ހދ. މަކުނުދޫ 100 ހައުސިން ޔުނިޓް
* ނ. ކެނދިކުޅުދޫ 100 ހައުސިން ޔުނިޓް
* ރ. މަޑުއްވަރި 100 ހައުސިން ޔުނިޓް
* ރ. އިނގުރައިދޫ 100 ހައުސިން ޔުނިޓް
* ބ. ތުޅާދޫ 100 ހައުސިން ޔުނިޓް
* ޅ. ހިންނަވަރު 100 ހައުސިން ޔުނިޓް
* ތ. ވިލުފުށި 100 ހައުސިން ޔުނިޓް
* ގދ. ގައްދޫ 100 ހައުސިން ޔުނިޓް
* ސ. މަރަދޫ 100 ހައުސިން ޔުނިޓް
* ސ. މަރަދޫ ފޭދޫ 100 ހައުސިން ޔުނިޓް
* ސ. މީދޫ 100 ހައުސިން ޔުނިޓް
* ސ. ހުޅުދޫ 100 ހައުސިން ޔުނިޓް
150 އާއި 200 އާ ދެމެދު ހައުސިން ޔުނިޓް އަޅާ ރަށްތައް
* ހއ.އިހަވަންދޫ 200 ހައުސިން ޔުނިޓް
* ހއ. ދިއްދޫ 200 ހައުސިން ޔުނިޓް
* ހއ. ހޯރަފުށީ 200 ހައުސިން ޔުނިޓް
* ށ. މިލަންދޫ 200 ހައުސިން ޔުނިޓް
* ށ. ފޯކައިދޫ 150 ހައުސިން ޔުނިޓް
* ރ. ދުވާފަރު 200 ހައުސިން ޔުނިޓް
* އދ. މަހިބަދޫ 150 ހައުސިން ޔުނިޓް
* ފ. ނިލަންދޫ 200 ހައުސިން ޔުނިޓް
* ދ. މީދޫ 200 ހައުސިން ޔުނިޓް
* ގދ. މަޑަވެލީ 200 ހައުސިން ޔުނިޓް
* ސ. ފޭދޫ 200 ހައުސިން ޔުނިޓް
200 ހައުސިން ޔުނިޓަށް ވުރެ ގިނައިން އަޅާ ރަށްތައް
* ހދ. ހަނިމާދޫ 500 ހައުސިން ޔުނިޓް
* ހދ. ނޮޅިވަރަންފަރު 250 ހައުސިން ޔުނިޓް
* ހދ. ކުޅުދުއްފުށި ސިޓީ 2000 ހައުސިން ޔުނިޓް
* ރ. އުނގޫފާރު 500 ހައުސިން ޔުނިޓް
* ޅ. ނައިފަރު 400 ހައުސިން ޔުނިޓް
* ކ. ތުލުސްދޫ 550 ހައުސިން ޔުނިޓް
* މ. މުލި 300 ހައުސިން ޔުނިޓް
* ދ. ކުޑަހުވަދޫ 500 ހައުސިން ޔުނިޓް
* ލ. ގަމު 500 ހައުސިން ޔުނިޓް
* ލ. ފޮނަދޫ 500 ހައުސިން ޔުނިޓް
* ގއ. ވިލިނގިލީ 225 ހައުސިން ޔުނިޓް
* ގދ. ތިނަދޫ 500 ހައުސިން ޔުނިޓް
* ޏ. ފުވައްމުލަކު 500 ހައުސިން ޔުނިޓް
* ސ. ހިތަދޫ 500 ހައުސިން ޔުނިޓް


