logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ޗައިނާއަށް ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

އަބްދުﷲ ޣާނިމް
21 ޖުލައި 2025 - 07:45
ފުޖިއާން ޕްރޮވިންސްއިން ރާއްޖޭގެކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން
ފުޖިއާން ޕްރޮވިންސްއިން ރާއްޖޭގެކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން

ޗައިނާ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ބައްދަލުކުރައްވައި، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ޗައިނާއިން ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ކުޅިވަރުގެ ރޮނގުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމްތަކާއި، ސްކޯލާޝިޕްގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ކުޅިވަރުގެ ފަންނީ މީހުން ތަރައްޤީކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-07-21 124715.png

ފުޖިއާން ޕްރޮވިންސްއިން ރާއްޖޭގެކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން

 

ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ ސަރުކާރުގެ ކުޅިވަރުގެ ތަސައްވުރާއި، ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ސާކް ސަރަހައްދުން ބޭރުން ކާމިޔާބީ ހޯދަން ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތު ސަފީރާ ހިއްސާކުރައްވާފައެވެ. ސަފީރު ކޮންގް ޝިންހުއާ ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވައި، ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ފުޖިއާން ޕްރޮވިންސާއި ރާއްޖޭގެ ކުޅިވަރު ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާ ކުރެއްވުމަށް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެފަރާތުގެ ދެމެދުގައި ޓްރޭނިންގ އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް އެއްބަސްވެވިފައިވާކަމަށް ދައުލަތުގެ މީޑިޔާ އާއި ވާހަކަދައްކަމުން ވަޒީރު ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްޠީން ޓީމު ރާއްޖޭގައި ކޭމްޕުކުރަން ސަރުކާރުން މަގުފަހިކޮށްދީފިކުޅިވަރު | 5 މަސް ކުރިންކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ 24 މަސްރޫއެއްގައި ފެނަކަ އާއި އާރޑީސީއާއެކު އެއްބަސްވުމަކަށްކުޅިވަރު | 6 މަސް ކުރިންރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ޗައިނާއަށް ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިކުޅިވަރު | 7 މަސް ކުރިންސަރަހައްދީ ޔޫތު މުބާރާތުން ތިން މެޑަލް ހޯދި ޖޫނިއާ ޓީޓީ ޓީމު ރާއްޖެ އަތުވެއްޖެކުޅިވަރު | 10 މަސް ކުރިން