logo
ކުޅިވަރު

ފަލަސްޠީން ޓީމު ރާއްޖޭގައި ކޭމްޕުކުރަން ސަރުކާރުން މަގުފަހިކޮށްދީފި

ޢައްފާން މުޙައްމަދު
2 ސެޕްޓެމްބަރު 2025 - 14:37
އެފްއޭއެމްގެ އިސް ވެރިން، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ/ ކުޅިވަރު ވުޒާރާ
އެފްއޭއެމްގެ އިސް ވެރިން، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ/ ކުޅިވަރު ވުޒާރާ

އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މުބާރާތަށް ތައްޔާރުވާ ފަލަސްތީނުގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދިނުމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީއެފްއޭ) އެފްއޭއެމްގެ ކިބައިން އެދިފައިވާއިރު، ދިވެހި ސަރުކާރުން އެކަން ހަމަޖައްސައިދީފިއެވެ.

ކުޅިވަރު ވަޒީރު ރާފިޢު މިއަދު ވަނީ މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށްވަނީ ނިންމާފައެވެ. އަދި ފަލަސްތީނު ޓީމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަޒީރު ވަނީ އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ޒަރީރް އާއި މަޝްވަރާ ކުރައްވާފައެވެ.

ފަލަސްތީނުގައި ހަނގުރާމަ ކުރަމުންދާތީ، އެ ގައުމުގެ ޓީމުތަކަށް ފަލަސްތީނުގެ ފަސްގަނޑުގައި މުބާރާތް ކުޅެ ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބޭތީ، އެ ގައުމުގެ ޓީމުތަކުން ތަމްރީނު ހަދަމުން އަންނަނީ އެހެން ގައުމުތަކުގައެވެ. މި ގޮތުން، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބޭއްވުމަށް އެދިފައިވަނީ މިއަހަރުގެ ނޮވެމްބަރު 8 އިން 19 އަށެވެ.

އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގެ އަހްމަދު އާބާދުގައެވެ. ނޮވެމްބަރު 22 އިން 30 އަށް ކުޅޭ މި ކޮލިފައިންގ ގުރޫޕްގައި ފަލަސްތީނާއެކު ހިމެނެނީ އިންޑިއާ، އިރާން، ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ. ރާއްޖޭގައި ބާއްވާ ތަމްރީނު ކޭމްޕަށްފަހު ފަލަސްތީނުގެ ޓީމު އިންޑިއާއަށް ދާނީ ރާއްޖެ މަގުންނެވެ.

މި ކޮލިފައިންގ މުބާރާތުން އެއްވަނަ ހޯދާ ޓީމު، އަންނަ އަހަރުގެ މެއި މަހު ސައުދީ އަރަބިއާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ މި އަހަރުގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ވެސް ބާއްވާފައިވަނީ ސައުދީ އަރަބިއާގައި ކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ފަލަސްޠީނުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗުތަކެއް ކުޅެނީޚަބަރު | 16 ގަޑިއިރު ކުރިންފަލަސްޠީން ޓީމު ރާއްޖޭގައި ކޭމްޕުކުރަން ސަރުކާރުން މަގުފަހިކޮށްދީފިކުޅިވަރު | 17 ގަޑިއިރު ކުރިންފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދެނީކުޅިވަރު | 3 ދުވަސް ކުރިންލަންކާ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފިކުޅިވަރު | 5 ދުވަސް ކުރިން