logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ދިއްދޫ ކަޕް: ބީއެކްސް ސްޕޯރޓްސްއަށް މުހިންމު މޮޅެއް، ރިއަލްޓީ ތަފާތުބޮޑުކޮށް ދެވަނަމެޗުވެސް ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
21 ޖުލައި 2025 - 07:54
ރިއަލް ޓީ އާއި އައްސޭރި ވާދަކުރި މެޗުގެ ތެރެއިން
ރިއަލް ޓީ އާއި އައްސޭރި ވާދަކުރި މެޗުގެ ތެރެއިން

ދިއްދޫ ފުޓްބޯޅަ މުބާރާތުގައި އިއްޔެވެސް ފޯރިގަދަ ދެމެޗެއް ކުޅެފިއެވެ.

އިއްޔެ ހަވީރު ބީއެކްސް ސްޕޯރޓްސް އާއި ހީވެސްނުވޭ ވާދަކުރި މެޗު ކާމިޔާބުކުރީ ބީއެކްސް ސްޕޯރޓްއެވެ. ބޯވާރޭގައި ކުޅެވުނު މިމެޗުގެ 90 މިނެޓު ހަމަވީ 1-0 ންނެވެ. މިމެޗުގަ ހަމައެކަނި ގޯލުޖަހާފައިވަނީ މެޗުގެ 41 ވަނަ މިނެޓުގައި ބީއެކްސް ސްޕޯރޓްސް ގެ ޖޯޒީނަންބަރު 10 ހުސައިން މަސްދޫޤްއެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް މެޗުގެ ހަމައެކަނި ގޯލުޖެހި ބީއެކްސް ގެ ހުސައިން މަސްދޫޤްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

522705199_1049812980657319_8292240169227613512_n.jpg

518396466_1049742283997722_5193914070607185351_n.jpg

މެޗުގެ މޮޅުކުޅުންތެރިޔާ

މީގެ އިތުރުން ރޭގައި ރިއަލް ޓީ ވަނީ މުބާރާތުގެ ދެވަނަ މޮޅުހޯދާފައެވެ. އެގޮތުން އައްސޭރި ފުޓްބޯލް ކުލަބުގެ މައްޗަށް 2-9 ގެ ތަފާތު ބޮޑު ނަތީޖާއަކުން މިމެޗު ރިއަލްޓީއިން ވަނީ ކާމިޔާބުކޮށްފައެެވެ. މިމެޗުގައި ރިއަލް ޓީގެ ފާއިޤް އަހުމަދު އަދި ބޭރު ކުޅުންތެރިޔާ ލަރބީ ޕްރިންސް ދެގޯލުކާމިޔާބުކޮށްފައިވާއިރު، ބޯޑު ޕްރިންސް އާއި ޖެރީ އާއި ނައުޝާދުގެ އިތުރުން ތައުމީން އާއި ލަޔާންވެސް ވަނީ ގޯލުޖަހާފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިއަލް ޓީގެ ލަރބީ ޕްރިންސް އެވެ.

520640550_1050305110608106_46288026721287010_n.jpg

518416387_1049910277314256_8600201444716666007_n.jpg

މެޗުގެ މޮޅުކުޅުންތެރިޔާ


މިމުބާރާތުގައި މިރޭގައި ދިއްދޫ ޒުވާނުންގެ ޖަމިޢްޔާ އާއި ޓީނޭޖާއި ވާދަކުރާނެއެވެ. މިމުބާރާޓުގެ ހުރިހާ މެޗެއްވެސް މެންދުރުޓީވީ އިން ލައިވް ކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ކަޕްގެ ސެމީ ފައިނަލުން ބްލެކް ޒީނޯ އާއި އައްސޭރި ޖާގަހޯދައިފިކުޅިވަރު | 8 މަސް ކުރިންދިއްދޫ ކަޕް: ބީއެކްސް ސްޕޯރޓްސްއަށް މުހިންމު މޮޅެއް، ރިއަލްޓީ ތަފާތުބޮޑުކޮށް ދެވަނަމެޗުވެސް ކާމިޔާބުކޮށްފިކުޅިވަރު | 8 މަސް ކުރިންދިއްދޫ ކަފް: ޑިފެންޑިން ޗެންޕިއަން ރިއަލް ޓީ ފަސޭހަކަމާއެކު ބީއެކްސްގެ މައްޗަށް ކުރިހޯދައިފި ކުޅިވަރު | 9 މަސް ކުރިން