ދިއްދޫ ކަޕްގެ ސެމީ ފައިނަލުން ބްލެކް ޒީނޯ އާއި އައްސޭރި ޖާގަހޯދައިފި
24 ޖުލައި 2025 - 05:32

ހއ. ކައުންސިލުން އިންތިޒާމުކުރާ 8 ވަނަ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަޤީންވެެއްޖެއެވެ. 7 ޓީމެއް ބައިވެރިވާ މިމުބާރާތް ކުލެނީ ދެ ގްރޫޕްއަކަށް ބަހާލައިގެންނެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ގްރޫޕް ބީގައި ބްލެކްޒީނޯ އާއި ދިއްދޫ ސްޕޯރޓްސް އެކަޑެމީ ވާދަކުރި މެޗު ފަސޭހަކަމާއެކު 8-0 އިން ކާމިޔާބުކުރީ ބްލެކްޒީނޯއެވެ. މިމެޗުގައި ބްލެކްޒީނޯގެ އަލީ ސާއިލް އާއި މުޙައްމަދު ޝަނާއު ދެގޯލު ޖަހާފައިވާއިރު، މުޙައްމަދު ފަހުމީ އާއި އަހުޒަމް ރަޝީދު އާއި އާދަމް ނަސީރު އަދި ޔޫސުފް ޒަކަރިއްޔާވެސް ވަނީ ގޯލުޖަހާފައެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ބްލެކްޒީނޯގެ މުޙައްމަދު ސާއިލް އެވެ.

Ad by Hajj Corporation
މުޙައްމަދު ސާއިލް
ބްލެކްޒީނޯ ސެމީގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމު ރިއަލް ޓީ ސްޕޯރޓްސް ކުލަބާއި ދެކޮޅަށެވެ. މިދެޓީމު ވާދަކުރާ ސެމީފައިނަލް މެޗު މާދަމާ ހަވީރު ކުޅެވިގެންދާނެއެވެ.
މީގެއިތުރުން ގްރޫޕް އޭގައި ވާދަވެރިކުޅުމަކަށްފަހު ސެމީފައިނަލުގެ ފަހުޖާގަ އައްސޭރި ސްޕޯރޓްސް ކުލަބުން ވަނީ ހޯދާފައެވެ. އައްސޭރި ސެމީފައިނަލުގެ ޖާގަހޯދީ ގްރޫޕް އޭގެ ފަހުމެޗުގައި ބީއެކްސް ސްޕޯރޓްސް ކުަލަބުގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. މިމެޗުގެ ބީއެކްސްގެ ދެގޯލުވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅުކުޅުންތެރިޔާ ވަލޭސް އެވެ.
ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާ
ސެމީގެ ދެވަނަ މެޗުގައި އައްސޭރި ވާދަކުރަންޖެހޭނީ ގްރޫބް ބީގެ އެއްވަނައިގައި ސެމީއަށް ދަތުރުކުރި ޓީނޭޖް ބޯއީސް އާއި ދެކޮޅަށެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާ ރޭގަނޑުގައެވެ.
މި މުބާރާތުގެ ހުރިހާމެޗެއްވެސް މެންދުރުޓީވީ އިން ވަގުތުން ދުރަށް ދައްކާނެއެވެ.