logo
ޚަބަރު

ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިތުރު އެހީ އިންޑިއާއިން ލިބޭނެ- ފޮރިން ސެކްރެޓަރީ

ހުސައިން ވަސީމް
22 ޖުލައި 2025 - 12:59
ރައީސް ޑރ މުޙައްމަދު މުޢިއްޒު، އިންޑިޔާގެ ބޮޑު ވަޒީރު މޯދީއާއެކު
ރައީސް ޑރ މުޙައްމަދު މުޢިއްޒު، އިންޑިޔާގެ ބޮޑު ވަޒީރު މޯދީއާއެކު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރު ރާއްޖެއިން ހުށަހެޅި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)ގެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިޝްރީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ މިޝްރީ ވިދާޅުވީ މޯދީގެ މި ދަތުރުފުޅުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އިޔާދަކުރަނިވި ހަކަތަ އާއި މަސްވެރިކަމުގެ ދާއިރާ އިން އާއި އުމްރާނީ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.އަދި ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކާވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށްވެސް އޭނާވިދާޅުވިއެެވެ.

Screenshot 2025-07-22 184423.png

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިޝްރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

 

މިޝްރާ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މިދަތުރުފުޅުގެ ތެރެއިންވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރަށް ކުރެވޭނީ ކޮންކަމެއްތޯ ބަލާ ރާއްޖޭގެ މާލީ ހާލަތު ރަނަގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނެ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ދިވެހިރާއްޖެއިން އިންޑިއާއާއެކު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ދިވެހިރާއްޖެއަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށާ މޯދީގެ މިދަތުރުފުޅުގައި އެކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް ވެދެމުން އަންނަ އެހީތެރިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ތިލަމާލެ ބްރިޖްގެ މަސައްކަތާ އިންޑިއާ ސަރުކާރުގެ އެހީގައި ހަދަމުން އަންނަ 4،000 ހައުސިން ޔުނިޓްގެ މަސައްކަތްތަކާއި މަގުހެދުމުގެ މަސައްކަތްތައް އޭނާ ފާހަގަކުރެއްވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 9 މިނިޓު ކުރިންރަށުގެ ބޮޑު މިނަށް ބަލައި ބަޖެޓު ކަނޑައެޅުމުން ރައީސް ކައުންސިލްތަކަށް ދެއްވާ އިސްކަން ހާމަވޭ: އާދަމް ޝަރީފްޚަބަރު | ދުވަހެއް ކުރިންކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ރައީސް ނިންމަވައިފިޚަބަރު | ދުވަހެއް ކުރިންއަންހެނުންގެ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ރައީސް ނިންމަވައިފިޚަބަރު | ދުވަހެއް ކުރިން