logo
ބަތޮލެއް ނޫން، ޖަލުގައިވެސް ވަގެއްކަމުގެ ތުހުމަތުBank of Maldives

Bank of Maldives

ދުނިޔެ

މެލޭޝިޔާގައި 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދެނީ

އަޙްމަދު ޒަލީފް
24 ޖުލައި 2025 - 13:46
މެލޭޝިޔާގައި 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދެނީ

މެލޭޝިޔާގައި 8 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދިނުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިއީ އެ ޤައުމުގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިރިއުޅުމުގެ ޚަރަދު ބޮޑުވާތީ އެ ކަމާމެދު ހިތްހަމަނުޖެހި މެލޭޝިޔާގެ ރައްޔިތުން މުޒާހަރާ ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، މެލޭޝިޔާގެ ބޮޑުވަޒީރު، އަންވަރު އިބްރާޙިމް ވަނީ ޓީވީ މެދުވެރިކޮށް ޤައުމާ މުހާތަބުކުރައްވައިފައެވެ.

އަންވަރު ވަނީ އެ ޤައުމުގެ 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދިނުމަށް ނިންމަވާފައިވާކަން އިޢުލާނުކުރައްވައިފައެވެ. އެ ގޮތުން ކޮންމެ ރައްޔިތަކަށް 100 ރިންގިޓު (23.47 އެމެރިކާ ޑޮލަރު)ގެ މަގުން އޮގަސްޓު މަހުގެ 31ވަނަ ދުވަހު ފައިސާ ބަހަން ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އުމަށް ލިބޭ އާމްދަނީ އިތުރުކޮށް އުފެއްދުންތެރިކަމުގެ ނިޞްބަތް އިތުރުކުރުމަށް އަންވަރުގެ ސަރުކާރުން މި އަހަރުގެ ތެރޭގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެ ގޮތުން މަސައްކަތްތެރިންނަށްދޭ އެންމެ ކުޑަ މުސާރައިގެ ޢަދަދު މަތިކުރުމާއި ގިނައިން ކަރަންޓު ބޭނުންކުރާ މީހުންގެ އަތުން ޓެކްސް ނަގައި މިންވަރު އިތުރުކުރުމާއި މުދަލާއި ޚިދުމަތްތަކުން ޓެކްސް ނަގާ މިންވަރަށް ވަނީ ބަދަލުގެނެސްފައެވެ.

ރައްޔިތުންނަށް މި އިނާޔަތް ދިނުމަށް މެލޭޝިޔާގެ ސަރުކާރުން 15 ބިލިޔަން ރިންގިޓް ނުވަތަ 3.55 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެއެވެ. އެއީ މި އަހަރަށް ކަނޑައަޅާފައިވާ 13 ބިލިޔަން ރިންގިޓަށްވުރެ ދެ ބިލިޔަން ރިންގިޓު އިތުރު ޢަދަދެކެވެ. މި ފައިސާއަކީ ޤަވާއިދުން ދިނުމަށް ހަމަޖެހިފައިވާ ފައިސާއެއް ނޫނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިޔާގައި ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހިން އީދު ފާހަގަކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންމެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފިޚަބަރު | 3 މަސް ކުރިންމެލޭޝިއާގައި އިޤްރައުލް ޤުރްއާން މުބާރާތް ބާއްވައިފިޚަބަރު | 3 މަސް ކުރިންމެލޭޝިޔާގައި 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދެނީދުނިޔެ | 10 މަސް ކުރިން