logo
Bank of Maldives

Bank of Maldives

ޚަބަރު

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފި

މުޙައްމަދު އަފްރާޙް
12 މާރިޗު 2026 - 05:24
މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފި

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

މި ރޯދަވީއްލުން އޮތީ 7 މާރިޗު 2026 ވީ ހޮނިހިރު ދުވަހު ކުއާލަލަންޕޫރުގެ ޖޭ.ޑަމްލިޔު މެރިއެޓް ހޮޓަލުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަފްލާ ސޮޕޮންސަރ ކޮށްދެވީ ދިވެހިރާއްޖޭގެ އަމިއްލަފަރާތެއް ކަމުގައިވާ "ހޯކްސް ޕްރައިވެޓް ލިމިޓެޑް"އިންނެވެ.

ދިވެހީންގެ އާދަކާދަ އާއެއްގޮތަށް އެކަކު އަނެކަކާ ދިމާވެ އެއްބައިވަންތަކަން އާލާކުރުމުގެ މަޤްސަދުގައި ކޮންމެ އަހަރަކުވެސް ބޭއްވޭ މި ރޯދަ ވިއްލުމުގައި މި އަހަރުވެސް މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ކިޔަވާކުދީން ހިމެނެއެވެ.

މި ހަފްލާގައި އަލަށް ހޮވުނު މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން، މެލޭޝިޔާ (އެމް.އެސް.އޭ.އެމް)ގެ އެކްސްކޯގައި ހިމެނޭ ދަރިވަރުންގެ ކުރު ތަޢާރަފް ދެވުނެވެ. އަދި އެމް.އެސް.އޭ.އެމް ގެ ފަރާތުން ކުރިއަށް ރޭވިފައިވާ ޕޮރޮގްރާމްތަކުގެ މަޢުލޫމާތު ކޮމިއުނިޓީއާ ހިއްސާ ކުރެވުނެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތަކާއެކު، ހައިކޮމިޝަނުގެ މުވައްޒަފުންގެ ފަރާތުން މި ހަފްލާގައި 'ތިޔަބޭފުޅުންގެ ފުރުސަތު' ނަމުގައި ވަނީ ޚާއްސަ ނަސީބު ގުރުއަތެއް ކުރިއަށް ގެންގޮސްފައެވެ. މި ގުރުއަތުގެ ދަށުން ޖުމްލަ 11 އިނާމެއް ބައިވެރިންނަށް ހުށަހަޅާފައިވެއެވެ.

މި އިނާމުތަކުގެ ތެރޭގައި އަގުހުރި ހަދިޔާތަކެއް ހިމެނުނެވެ. މިގޮތުން 58 އިންޗީގެ ޓީ.ވީއެއްވެސް މި ގުރުއަތުގައި ހިމެނިފައިވެއެވެ.

މި ހަފްލާއަށް ދިވެހި ކޮމިއުނިޓީގެ ވަރަށް ހޫނު ތަރުހީބެއް ލިބުނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފިޚަބަރު | ގަޑިއިރެއް ކުރިންމެލޭޝިއާގައި އިޤްރައުލް ޤުރްއާން މުބާރާތް ބާއްވައިފިޚަބަރު | 6 ދުވަސް ކުރިންމެލޭޝިޔާގައި 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދެނީދުނިޔެ | 8 މަސް ކުރިންމެލޭޝިޔާ އޮތީ ރާއްޖެއާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް - ބޮޑުވަޒީރު ޚަބަރު | 10 މަސް ކުރިން