logo
MPL

MPL

ކުޅިވަރު

ޔުވެންޓަސްއިން ޖޯއާއޯ މާރިއޯގެ ސޮއި ހޯދައިފި

އަބްދުﷲ ޣާނިމް
24 ޖުލައި 2025 - 18:12
ޖޮއާއޯ މާރިއޯ
ޖޮއާއޯ މާރިއޯ

އިޓަލީގެ ޔުވެންޓަސްއިން ޕޯޗުގީޒް ޑިފެންޑަރު ޖޯއާއޯ މާރިއޯ އެފްސީ ޕޯޓޯއިން ސޮއި ކުރިކަން އިއުލާން ކޮށްފިއެވެ.

25 އަހަރުގެ ޑިފެންޑަރު ޔުވެންޓަސްއާއެކު ސޮއިކޮށްފައިވަނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެމިގެންދާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާރިއޯގެ ސޮއި ހޯދުމަށް ޔުވެންޓަސްއިން ވަނީ 12 މިލިއަން ޔޫރޯ ޚަރަދުކޮށްފައެވެ. އަދި މި މުއާމަލާތުގެ ތެރެއިން އަލްބަރްޓޯ ކޯސްޓާ ވަނީ ޕޯޓޯއަށް ބަދަލުވެފައެވެ.

އެފްސީ ޕޯޓޯގެ ޖާޒީގައި މާރިއޯ ވަނީ ޖުމްލަ 181 މެޗެއް ކުޅެ، ފަސް ލަނޑު ޖަހައި، 28 އެސިސްޓް ދީފައެވެ.

ޔުވެންޓަސްގެ ޑިފެންސް ވަރުގަދަ ކުރުމަށް މާރިއޯ ސައިން ކުރުމަކީ ކްލަބަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ފުޓްބޯޅަ މާހިރުން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލްވަރޭޒްގެ ހުވަފެނީ މަންޒިލަށް ދެވޭނެ އެއްވެސް ގޮތެއްނެތް! އާސެނަލް އަށް ދިޔުމަށް ތައްޔާރުކުޅިވަރު | 21 ގަޑިއިރު ކުރިންމެންޗެސްޓަރ ސީޓީގެ ސަވީނިއޯ އާއި މަރުމޫޝް ޓޮޓްަނަމް އަށްކުޅިވަރު | 21 ގަޑިއިރު ކުރިން50 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގަކަށް ވިލާގެ ކޮންސާ އާސެނަލަށް ބަދަލުވާން އެއްބަސްވެއްޖެކުޅިވަރު | 5 ދުވަސް ކުރިންޖޮއާއޯ ކަންސެލޯ ތިންވަނަ ފަހަރަށް އެނބުރި ބާސެލޯނާއަށްކުޅިވަރު | 8 ދުވަސް ކުރިން