logo
Bank of Maldives

Bank of Maldives

ޚަބަރު

މޯދީ ދިވެހިބަހުން: ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ

އާމިނަތު ޝަފާ
25 ޖުލައި 2025 - 06:31
މޯދީ ދިވެހިބަހުން: ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ

ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުލީގެން ދިވެހި ބަހުން ކުރެއްވި އެކްސް ޕޯސްޓުގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން އުފާކުރައްވާކަމަށާއި އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން ޔަގީންކުރައްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާއާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯދީ ފުރާވަޑައިގެންފި: ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވިޚަބަރު | 3 މަސް ކުރިންއިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބައްދަލުކުރައްވައިފިޚަބަރު | 3 މަސް ކުރިންރައީސުލްޖުމްހޫރިއްޔާގެ ނައިބު އިންޑިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 3 މަސް ކުރިންއިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވައިފިޚަބަރު | 3 މަސް ކުރިން