logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިންޑިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިންޑިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބޮޑުވަޒީރު ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި، ދެ ޤައުމުން ހިއްސާކުރާ ތާރީޚާއި، ފަރުދީ ފެންވަރުގެ ޒަމާންވީ ގުޅުންތަކުގެ މަތީގައި ބިނާކޮށްފައިވާ ދެ ޤައުމުގެ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ޤާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކަށް އިސްކަންދިނުމާއި، ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ތަރުތީބުކޮށްދީގެން ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި، ސިއްޙީ ދާއިރާއިން ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބޮޑުވަޒީރު ވަނީ، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމާއި، ދެ ޤައުމަށްވެސް ފައިދާކުރަނިވި މަސައްކަތްތައް ކުރިއެރުވުމުގެ އަޒުމުގެ މަތީ ސާބިތުވެ ތިއްބެވިކަން ހާމަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯދީ ފުރާވަޑައިގެންފި: ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވިޚަބަރު | 3 މަސް ކުރިންއިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބައްދަލުކުރައްވައިފިޚަބަރު | 3 މަސް ކުރިންރައީސުލްޖުމްހޫރިއްޔާގެ ނައިބު އިންޑިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 3 މަސް ކުރިންއިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވައިފިޚަބަރު | 3 މަސް ކުރިން