logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެސީ އާއި ޖޯޑީ އަލްބާ ސަސްޕެންޑްކޮށްފި

އަބްދުﷲ ޣާނިމް
25 ޖުލައި 2025 - 18:10
މެސީ އާއި ޖޯޑީ އަލްބާ
މެސީ އާއި ޖޯޑީ އަލްބާ

އެމްއެލްއެސް އޯލްސްޓަރ މެޗުގައި މެސީ ބައިވެރި ނުވުމާއި ގުޅިގެން އެމްއެލްއެސް ގެ އެއްމެޗަށް އިންޓަރ މަޔާމީގެ ސްޓާ ކުޅުންތެރިޔާ ލިޔޮނެލް މެސީ އާއި ޖޯޑީ އަލްބާ ސަސްޕެންޑްކޮށްފިއެވެ.

އެމްއެލްއެސް އޯލްސްޓާރ ޓީމުގައި ވާދަކުރާނެ ކުޅުންތެރިން ކަނޑައަޅަނީ ސަޕޯޓަރުން ވޯޓުލައިގެންނެވެ. މިމެޗު އެމްއެލްއެސް އޯލްސްޓާރ ޓީމު ކުޅެފައިވަނީ މެކްސިކޯގެ އޯލްސްޓާރ ޓީމާއި ދެކޮޅަށެވެ. މިމެޗުގެ ލިސްޓުގައި މެސީގެ ނަން ހިމެނުނުނަމަވެސް އެއްވެސް ނޯޓިސް އެއް ނުދީ މެސީ އާއި އަލްބާ ވަނީ މެޗަށް ހާޒިރުވާން ދެކޮޅުހަދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެލްއެސްގެ ގަވާއިދު ބުނާގޮތުން އެއްވެސް ސަބަބެއް ނެތި އޯލްސްޓާރ މެޗު ކުޅެން ކުޅުންތެރިޔަކު ދެކޮޅުހަދައިފިނަމަ، އެންމެ އަވަހަށް ކުޅޭ ލީގު މެޗެއްގައި އެކުޅުންތެރިޔަކަށް ނުކުޅެވޭނެއެވެ. ތާވަލުގެ ތިންވަނައިގައި އޮތް އިންޓަރ މަޔާމީ ދެން ލީގުގައި އެންމެ އަވަހަށް ނިކުންނާނީ ތާވަލުގެ އެއްވަނައިގައިވާ ސިސިނާޓީ އާއި ދެކޮޅަށެވެ. އިންޓަރ މަޔާމީ ވަނީ މިމަހުގެ 17 ވަނަ ދުވަހު ސިސިނާޓީ އާއި ވާދަކޮށް 3-0 އިން ބަލިވެފައެވެ. މިއީ ލީގުގެ އެއްވަނަ މަޤާމަށް އިންޓަރ މަޔާމީ އަށް ވަރަށް މުހިންމު މެޗެއް ނަމަވެސް، މިމެޗުގައި މެސީ އަދި އަލްބާ އަށް ނުކުޅެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ހިންދޫދީނުގެ ބުދަށް އަޅުކަންކޮށްފިކުޅިވަރު | 2 މަސް ކުރިންލެވަންޑޮވްސްކީ މެސީއާއެކު އިންޓަރ މަޔާމީއަށް ބަދަލުވަނީކުޅިވަރު | 2 މަސް ކުރިންމެސީ ބަލަންގޮސްތިބި އިންޑިޔާ ސަޕޯޓަރުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގަނެފެށުމުން މެސީ ފިލައިފިކުޅިވަރު | 2 މަސް ކުރިންމެސީގެ ދުނިޔޭގައި ހުރި އެންމެ ބޮޑު ސްޓެޗޫ އިންޑިޔާގެ ކޮލްކަތާގައި ހުޅުވަން ތައްޔާރުވެއްޖެކުޅިވަރު | 2 މަސް ކުރިން