logoEN
ކުޅިވަރު

ޑިފެންޑިން ޗެންޕިއަން ރިއަލް ޓީ އާއެކު އައްސޭރި ދިއްދޫކަޕްގެ ފައިނަލަށް

ރިއަލް ޓީ އާއި ޓީނޭޖް ބޯއީސް

ރިއަލް ޓީ އާއި ޓީނޭޖް ބޯއީސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

26 ޖުލައި 2025 - 03:33

ފާއިތުވެދިޔަ ދެއަހަރުދުވަހުގެ ޗެންޕިއަން ރިއަލް ޓީ އާއެކު އައްސޭރި ދިއްދޫ ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހއ. ދިއްދޫ ކައުންސިލުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ސެމީގެ ފުރަތަމަ މެޗުގައި ރިއަލްޓީ ވާދަކޮށްފައިވަނީ ގްރޫޕް ބީގެ ދެވަނަ ބްލެކްޒީނޯ އާއި ދެކޮޅަށެވެ. މިމެޗު 3-1 އިން ކާމިޔާބުކުރީ ރިއަލް ޓީ އެވެ. މެޗުގެ ފުަރަތަމަ ގޯލު ތަޢުމީން 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވާއިރު، 31 ވަނަ މިނެޓުގައި މުޙައްމަދު ނައުޝާދު ވަނީ ގޯލެއްޖަހައި ރިއަލް ޓީގެ ލީޑު ފުޅާކޮށްފައެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައިވެސް ނައުޝާދު ވަނީ އޭނާގެ ދެވަނަ ގޯލުޖަހާފައެވެ. މެޗުގެ ބްލެކްޒީނޯގެ ހަމައެކަނި ގޯލަކީ ދެވަނަ ހާފުގައި ރިއަލް ޓީގެ ކީޕަރަށް ހެދުނު މިސްޓޭކަކުން ލިބުނު ފުރުސަތެއްގައި މުޙައްމަދު ސާއިލް ޖެހި ގޯލެކެވެ.

މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިއަލް ޓީގެ ޒުނާމް މުޙައްމަދު ޒުހައިރުއެވެ.

undefinedނައުޝާދު ގޯލުޖެހުމަށްފަހު

undefinedމެޗުގެ މޮޅުކުޅުންތެރިޔާ ޒުނާމް މުޙައްމަދު ޒުހައިރު

މީގެ އިތުރުން މިމުބާރާތުގެ ދެވަނަ ސެމީފައިނަލުގައި ގްރޫޕް ބީގެ އެއްވަނަ ޓީމު ޓީނޭޖް ބޯއީސް ބަލިކޮށް މުބާރާތުގެ ފައިނަލުން އައްސޭރި ވަނީ ޖާގަހޯދާފައެވެ. މެޗުގެ ފުރަތަމަ ގޯލު އެންމެ 5 މިނެޓުތެރޭގައި ކެޕްޓަން ލިމާ އައްސޭރިއަށް ކާމިޔާބުކޮށްދީފައިވާއިރު، 16 ވަނަ މިނެޓުގައިހައިޝަމް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ ފަސްމިނެޓުފަހުން ހުސައިން ރަޝީދުވަނީ ޓީނޭޖަށް ލީޑުނަގައިދީފައެވެ. ނަމަވެސް މެޗުގެ 33 ވަނަ މިނެޓުގައި ރަޝާދު (ރޭޑިއޯ) ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމޭން ތިން މިނެޓަށްވެފައިވަނިކޮށް ޝަޒްލާން ވަނީ އައްސޭރިއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގައި އައްސޭރިގެ 4 ވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅުންތެރިޔާ ލިމާއެވެ. އަދި އޭނާ ވަނީ މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހެޓްރިކް ފުރިހަމަކޮށްފައެވެ. ޓީނޭޖުގެ 3 ވަނަ ގޯލު 84 ވަނަ މިނެޓުގައިހައިޝަމް ޖަހާފައިވާއިރު، ޓީނޭޖުގެ ފަހުގޯލުޖެހީ މެޗުގެ ފަހުވަގުތުގައި ހުސައިންޒިމްޔާންއެވެ. މެޗު ނިމުނީ 4-5 އިން އައްސޭރި ޓީނޭޖުގެ މައްޗަށް ކުރިހޯދައިގެންނެވެ.

މެޗުގެ މޮޅުކުންތެރިޔަކަށް ހޮވުނީ ހެޓްރިކް ހީރޯ ލިމާއެވެ.

undefinedމެޗުގެ މޮޅުކުޅުންތެރިޔާ ލިމާ

ފައިނަލަށް ދަތުރުކޮށްފައިވާ ރިއަލް ޓީ އާއި އައްސޭރި މީގެކުރިން ގްރޫޕް ސްޓޭޖުގައި ވާދަކޮށްފައިވާއިރު، ރިއަލް ޓީ ވަނީ ފަސޭހަކަމާއެކު 9-2 އިން އެމެޗު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ ގޯލުޗާޓުގެ އެއްވަނައިގައި މިވަގުތު އޮތީ 11 ގޯލާއެކު އައްސޭރި ޓީމުގެ ލިމާއެވެ.

undefinedމުބާރާތުގެ ޓޮޕް ސްކޯރަރ ލިމާ

ދިއްދޫ ކަޕްގެ ފައިނަލް މެޗު ކުޅެންހަމަޖެހިފައިވަނީ މިމަހު 27 ވަނަ ދުވަހު ރޭގަނޑު 08:00 ގައެވެ. މިމެޗު މެންދުރު ޓީވީިއިން ވަގުތުން ދުރަށް ދައްކާނެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder