logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

މީގެ ދެ އަހަރު ކުރިން ބައިސްކަލެއް ވަގަށް ނެގި މީހަކު ތިން މަހަށް ޖަލަށް

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
22 ސެޕްޓެމްބަރު 2024 - 13:25
މީގެ ދެ އަހަރު ކުރިން ބައިސްކަލެއް ވަގަށް ނެގި މީހަކު ތިން މަހަށް ޖަލަށް

މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބައިސްކަލެއް ވަަގަށް ނެގި މީހަކު ތިން މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ބައިސްކަލެއް ވަގަށް ނެގި ކަމުގެ ކުށުގެ ދައުވާ އިފުލާފައިވަނީ، ކ. ތުލުސްދޫ، އުދުހޭކޮކާ، އަބްދުލް މަޖީދު އަބްދުﷲ ގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަބްދުﷲ އެ ބައިސްކަލު ވަގަށް ނަގާފައިވަނީ އަމީރުއަހުމަދު މަހުގައި ހުންނަ ކޮމާޝަލް ބޭންކުގެ ކުރިމަތީގައި ބަހައްޓާފައި ހުއްޓައެވެ. ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ބުނި ގޮތުގައި އެ ބައިސްކަލް ނެގީ ތަޅުނުލާ އެތަނުގައި ބަހައްޓާފައި ހުރުމުން ދުއްވާލުމަށެވެ.

އަބްދުﷲ ގެ މައްޗަށް ވަނީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަަށް ސާބިތުވެފައެވެ. މި ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެހެން ނަމަވެސް އޭނާ ކުށަަށް އިއުތިރާފްވެފައިވާތީ، އޭނާގެ މައްޗަށް އައި ކުށުގެ އަދަބަކީ 3 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ކުރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލައިގައި އޭނާ މީގެ ކުރިން ބަންދުކޮށްފައި ނުވާތީ މި ހުކުމް އޭނާގެ މައްޗަށް ތަންފީޒުކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަނީ ޢުމަރުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބޮޑެތި ދަޢުވާތަކެއް އުފުލައިފިޚަބަރު | 2 ގަޑިއިރު ކުރިންމީގެ ދެ އަހަރު ކުރިން ބައިސްކަލެއް ވަގަށް ނެގި މީހަކު ތިން މަހަށް ޖަލަށް ޚަބަރު | އަހަރެއް ކުރިންރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާނީ ސުޕްރީމް ކޯޓުން ގޮތެއް ނިމުމުންޚަބަރު | 2 އަހަރު ކުރިން