logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ސަނީ ޢުމަރުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބޮޑެތި ދަޢުވާތަކެއް އުފުލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 މާރިޗު 2026 - 12:52
ސަނީ އުމަރު
ސަނީ އުމަރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ގިނަ ދަޢުވާތަކެއް އުފުލައި، މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 16 މާރިޗު 2026 ގައެވެ.

ސަނީގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ތިން ދަޢުވާއެއް ހިމެނެއެވެ. މި ދަޢުވާތައް އުފުލާފައިވަނީ ތަފާތު ތިން ކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފައިވާތީއެވެ. އޭގެ ތެރޭގައި އެއް ކުއްޖަކަށް އުމުރުން 7 އަހަރުން ފެށިގެން 2025 އޮގަސްޓާ ހަމައަށް ގޯނާކުރި މައްސަލަ ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖިންސީ ގޯނާގެ ދަޢުވާތަކުގެ އިތުރުން، ސަނީގެ މައްޗަށް ވަނީ ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާ ވެސް އުފުލާފައެވެ. މި ދަޢުވާތައް އުފުލީ، އޭނާގެ ފޯނުގައި ހެކި ހުރިކަމަށް ބެލެވިގެން ފޯނު ހަވާލުކުރަން ކޯޓުން އަމުރުކުރުމުން ފޯނު ގެއްލިފައިވާ ކަމަށް ބުނެ ހަވާލުނުކުރުމުންނާއި، ފޯނުގައި ބޭނުންކުރާ ސިމް ކާޑާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާތީއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި ހުރިހާ ދަޢުވާތަކެއް ސާބިތުވެއްޖެނަމަ، ޤާނޫނުގައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. އެގޮތުން، ހުރިހާ ކުށެއް ސާބިތުވެއްޖެނަމަ މަދުވެގެން 44 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވެއެވެ.

ޙުސައިން ސަނީ ޢުމަރު މިހާރު ވެސް ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. އޭނާ ބަންދުކޮށްފައިވަނީ 2 ޖަނަވަރީ 2026 އިން ފެށިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާއި ޤާނޫނުއަސާސީގެ ދަށުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަނީ ޢުމަރުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބޮޑެތި ދަޢުވާތަކެއް އުފުލައިފިޚަބަރު | ގަޑިއިރެއް ކުރިންވީއައިއޭގައި ފައިސާ ފޭރުނު މައްސަލައިގައި 8 މީހަކަށް ދަޢުވާ އުފުލައިފިޚަބަރު | 5 ދުވަސް ކުރިންއެފްއޭއެމްގެ ބޮޑު ޚިޔާނާތް: އަމީންގެ ބައި ހައި ކޯޓުގައި އިސްތިއުނާފްކޮށްފިޚަބަރު | 14 ދުވަސް ކުރިންހުޅުމާލެއިން ބިން ލިބުނު ކަމުގެ ލިޔުން އުފެއްދި 12 މީހަކަށް ދަޢުވާކުރަނީޚަބަރު | 15 ދުވަސް ކުރިން