ކްރިމިނަލް ކޯޓް ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު އައްޔަން ކުރަނީ
9 އޯގަސްޓު 2026 - 14:08

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރަން ނިންމައިފި އެވެ.
މި މަގާމުތަކަށް ކުރިމަތިލުމަށް ޖޭއެސްސީން މިދިޔަ މަހު ހުޅުވާލުމާ އެކު، ކުރީގެ ބައެއް ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން ހިމެނޭހެން ޖުމްލަ 29 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ. އެ ކޮމިޝަނުން މި މަގާމުތަކަށް އައްޔަންކުރަން ނިންމާފައިވަނީ ހއ. ދިއްދޫ ޑޭޒީމާގޭ އަހުމަދު ތައުފީގާއި، ޅ. ކުރެންދޫ ނޫރާނީގޭ ސުލައިމާން މުހައްމަދުގެ އިތުރުން ތ. ވޭމަންޑޫ ޑްރީމް މުހައްމަދު އަބްދުالله އެވެ.
ކްރިމިނަލް ކޯޓުގެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާއިރު، ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމަކަށް ވެސް ޖޭއެސްސީން ވަނީ ހުޅުވާލާފަ އެވެ. އެ ތިން މަގާމަށް 42 ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް، އެ ކޯޓަށް އައްޔަންކުރާ ބޭފުޅުންގެ ތަފުސީލުތައް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.


