logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފި

ޝަހްޒާ މުހައްމަދު
27 ޖުލައި 2025 - 04:44
ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފި

ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާގެ (ނޣޢވ) ލަގަބު ޙަސަން ޞާބިރަށް، ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަރުއްވައިފިއެވެ.

އެލަގަބު ޙަސަން ސާބިރަށް އަރުވާފައިވަނީ. މިނިވަންދުވަހުގެ ހާއްސަ ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނަށް އެލަގަބު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށާއި ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކާއި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައްޔާއި، ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ ޚިދުމަތްތަކާއި އިޤްތިޞާދީ ދާއިރާގެ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާޢަތު ކުރިއެރުވުމަށްޓަކައި ކުރައްވާފައިވާ ޤައުމީ މުހިންމު މަސައްކަތްޕުޅުތަކަށް ބައްލަވައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަމާއި ޓުއަރިޒަމްގެ މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ޙަސަން ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައި ވެސް ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޙަސަން ޞާބިރު ފުރުއްވި މަގާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްކަމުގެ މަގާމާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމު ހިމެނެއެވެ.

ޙަސަން ޞާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އެމަނިކުފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލާ އޮފް ކޮމާސް ހާސިލުކުރައްވާފައެވެ.

އެމަނިކުފާނުގެ ސިއްޙި ހާލުކޮޅު ހުރިގޮތުން، މިލަގަބު އެރުވުމުގެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގެންނެވޭތީ، ބަދަލުގައި އާލާގެ ފަރާތުން ވަނީ ލަގަބާިއ ހަވާލުވެވަޑައިގެންފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރަކީ މާލެ ރައްޔިތުންނަށް 'ރަން ޒަމާން': ޖަލީލްޚަބަރު | 8 ގަޑިއިރު ކުރިންޕިކްނިކް އައިލެންޑް ތަރައްގީކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީޚަބަރު | 10 ގަޑިއިރު ކުރިންދިވެހި ވަތަނީ ޚިދުމަތް: ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމުގެ މުހިންމު މަސައްކަތެއްރިޕޯޓް | 3 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފި ޚަބަރު | 3 ދުވަސް ކުރިން