ދިވެހިންނަށް ހިލޭ އައިނު ހެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން ފަހިވެގެން ދާނެ
27 ޖުލައި 2025 - 11:33

ދިވެހި ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން ފަހިވެގެން ދިޔަ ކަމަށް މާލޭ ސިޓީ އޮފް ގުރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްލް ރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްގައި ޤާއިމްކުރި އައިނު ފިހާރަ ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޒާގް ހަލީމް ވިދާޅުވީ ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން ރައީސުލްޖުމަހޫރިއްޔާއަށް ވަރަށް އިހުލާސްތެރިކަމާއި އެކު ޝުކުރުދަންނަވާ ކަމަށެވެ.

Ad by Hajj Corporation
ފޯރުންތެރިކަން ނުހުންނަ ފަރާތްތަކަށް ވެސް ހެޔޮ އަގުގަ ނުވަތަ އާސަންދައިގެ މި އޮންނަ ލިމިޓްގެ ތެރޭގައި އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް. އެ ދުވަހުން ފެށިގެން އަޅުގަނޑުމެންގެ ޓީމުން ކުރި މަސައްކަތުން 2 މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މިވަނީ މާލޭ ސިޓީ އޮފް ގުރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން އެމްސީޖީއެޗް ހޮސްފިޓަލް ވުޖޫދައް ގެނެވިފަ
މި ހޮސްޕިޓަލް އިން އައިނު ނަންބަރު ނެގުމާއި އައިނު ހެއްދުމުގެ ހުރިހާ ހިދުމަތެއް ލިބިގެންދާނެ ކަމަށާއި އަދި މި މެޝިން ތަކުގެ އެހީގައި ކެޓަރަކްޓް އަދި ލޮލުގެ ޕްރެޝާ ބެލޭނެ ގޮތް ވެސް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ގްލޯކައިމާ ޑިޓެކްޓް ކުރެވޭނެ ގޮތް ވެސް މި މެޝިންތަކުން ފޯރުކޮށްދޭނެއެވެ.
މި ފެށޭ އޮގަސްޓުމަހުގައި ހުޅުމާލޭގައި ދިރި އުޅޭ ރައްޔިތުންނަށް ވެސް މި ފަސޭހަ ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލްގަ ވެސް އާއިނު ފިހާރަ ގާއިމްކޮށް ހިދުމަތްދޭން ފަށާނެ ކަމަށް ވެސް ރައްޒާގު ވަނީ ބުނެފައެވެ.
އަދި މިއާއެކު ކުރިއައް އޮތް ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތަކުގަ ހުރުހާ ރީޖަނަލް ހޮސްޕިޓަލް ތަކެއްގަ ވެސް އެމްސީޖީއެޗްގެ ފަރާތުން އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ރައްޒާގު ވިދާޅުވިއެވެ.
ޖޫން އެކަކުން ފެށިގެން، އާސަންދައިން އައިނު ހައްދަން ދޭ އެހީ 2،000 އަށް ބޮޑުކުރަން ސަރުކާރުން މިދިޔަ މެއި މަހު ވަނީ ނިންމާފައެވެ.މީގެ ކުރިން އާސަންދައިން އައިނު ހެއްދެނީ ކޮންމެ ދެއަހަރުން އެއްއަހަރަކު 1000 ރުފިޔާއަށެވެ.


