logo
ޚަބަރު

ޙަސަން ޞާބިރު ނިޔާވުމާ ގުޅިގެން ތިންދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ހަމަޖައްސަވައިފި

ނުހާ އަޙްމަދު
28 ޖުލައި 2025 - 07:38
ޙަސަން ޞާބިރު ނިޔާވުމާ ގުޅިގެން  ތިންދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ހަމަޖައްސަވައިފި

ހަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާ، 29 ޖުލައި 2025ވާ އަންގާރަ ދުވަހުން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ގައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ހަސަން ޞާބިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 73 އަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙަސަން ޞާބިރަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ޙަސަން ޞާބިރަށް އެރުވުމުން އިއްޒަތާ އާއިލާގެ ފަރާތުން ހަވާލުވެވަޑައިގަތީ ހަސަން ޞާބިރުގެ ދަރިކަނބަލުން ޢާއިޝަތު ރާނިޔާ ޞާބިރެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، ޙަސަން ޞާބިރު މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެފައިވާއިރު، މަރުޙޫމުގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައެވެ.

ދިވެހި ސަރުކާރަށް 25 އަހަރު ހިދުމަތް ކުރެއްވި ހަސަން ޞާބިރު ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި މަސައްކަތްކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1998އިން 2004 އަށެވެ. އޭގެ ކުރިން 1991ގައި ޕްލޭނިން އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި 1993ގައި ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ވަނީ ފުރުއްވާފައެވެ.

ހަސަން ޞާބިރު އަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތު ވޭލްސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވައި، އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރެއްވުމުގެ އިތުރށް އިންޑިޔާއިން ބެޗެލާ އޮފް ކޮމާސް ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓެއްގައި ނިޔާވި ދިވެހި ޒުވާނެއްގެ ހަށިގަނޑު އޮޓޮޕްސީ ހަދަނީޚަބަރު | 5 ދުވަސް ކުރިންއަބްދުއްރަޙްމާންގެ މަރު: އާޝިދުގެ ބަންދަށް 30 ދުވަސްޚަބަރު | 7 ދުވަސް ކުރިންމާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވައިފިޚަބަރު | މަހެއް ކުރިންކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނުނީ ނިޔާވެފަ އޮއްވައިޚަބަރު | މަހެއް ކުރިން