logo
Bank of Maldives

Bank of Maldives

ޚަބަރު

މުދަލާއެކު މާލެއިން ފުރި ބޯޓެއްގެ އިންޖީނު ހުއްޓި، އެމްއެންޑީއެފުން އެހީވަނީ

އަޙްމަދު ޒަލީފް
30 ޖުލައި 2025 - 10:36
މުދަލާއެކު މާލެއިން ފުރި ބޯޓެއްގެ އިންޖީނު ހުއްޓި، އެމްއެންޑީއެފުން އެހީވަނީ

ގިނަ ޢަދަދެއްގެ މީހުން ގޮވައިގެން މާލެއިން ނައިފަރަށް ދަތުރުކުރި ބޯޓެއް ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޯށްދޭން ފަށައިފިއެވެ.

އިންޖީނު މައްސަލައަކާއި ގުޅިގެން ކާށިދޫ ކައިރިއަށް ހުއްޓުނީ "ލައިފްލައިން" ނަމަކަށް ކިޔާ ބޯޓެކެވެ. އެމްއެންޑީއެފުން ވިދާޅުވީ، 40 މީހުންނާއެކު މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި ބޯޓެއް، ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 08:15 ހާއިރުކަމަށްވެސް ދިފާޢީ ބާރުން ވިދާޅުވިއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް މި ދަނޑުވަޅުގައި ކަނޑުދަތުރުފަތުރުކުރުމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި ކޯސްޓްގާޑުގެ 2 ހާބަރކްރާފްޓް ލޯންޗާއި ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ހަރަކާތްތެރިވަމުން އަންނަކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޭންޑިން ކްރާފްޓް ހާދިސާ: ފަރުވާ ދެމުން އަންނަ ދިވެއްސެއްގެ ހާލު ސީރިއަސްޚަބަރު | 2 މަސް ކުރިންލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެޚަބަރު | 2 މަސް ކުރިން7 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިއްޖެޚަބަރު | 2 މަސް ކުރިންދޯންޏެއް ބަންޑުންޖަހާލައި ދިވެއްސަކު ނިޔާވެއްޖެޚަބަރު | 4 މަސް ކުރިން