logo
Bank of Maldives

Bank of Maldives

ޚަބަރު

ޑަބްލިއުއެޗްއޯއިން ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އަޙްމަދު ޒަލީފް
31 ޖުލައި 2025 - 14:39
ޑަބްލިއުއެޗްއޯއިން ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޮންމެ އަހަރަކު ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ދެމުން އަންނަ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިން ވެސް ހިމެނޭހެން އެޖަމިއްޔާގެ ހުރިހާ މެންބަރު ގައުމުތަކަށް ހުޅުވާލައިފިއެވެ.

މި އެވޯޑްތަކަށް ކުރިމަތިލެވޭނީ ކޮންމެ މެމްބަރު ޤައުމަކުން އެންމެ ފަރާތަކަށެވެ. އެވޯޑަށް ހޮވުމުގައި އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެވޯޑްތަކާ ބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް ޑަބްލިއުއެޗްއޯގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. 

މިގޮތުން ހުޅުވާލާފައިވާ އެވޯޑްތަކުގެ ތެރޭގައި އިހްސާން ޑޮގްރަމަސީ ފެމިލީ ހެލްތު ފައުންޑޭޝަން ޕްރައިޒް، ސަސަކަވާ ހެލްތު ޕްރައިޒް، ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް، އަދި ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަންގެ "ހިޒް ހައިނެސް ޝައިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް" ހިމެނެއެވެ. 

އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނާ ގުޅުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިހާރު އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަންޖެހޭނެ!ޚަބަރު | 22 ދުވަސް ކުރިންދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 79 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ފެށިއްޖެޚަބަރު | މަހެއް ކުރިންއެބޯލާ ފެތުރޭތީ ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކާ އިއުލާން ކޮށްފިޚަބަރު | މަހެއް ކުރިން"ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އެޗްޕީއޭ އިން އިތުރުކޮށްފިޚަބަރު | މަހެއް ކުރިން