logo
Bank of Maldives

Bank of Maldives

ޚަބަރު

މިހާރު އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަންޖެހޭނެ!

އައިޝަތު ނަޝާ
29 މޭ 2026 - 06:32
މިހާރު އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަންޖެހޭނެ!

އިބޯލާ ފެތުރޭތީ އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަން ޖެހޭގޮތަށް އެ ޤައުމުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އެވިއޭޝަން، ޑީޖީސީއޭއިން ހަމަޖައްސައިފިއެވެ.

މިއީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އިބޯލާ ބައްޔަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.

މި ފިޔަވަޅާއެކު، ދަތުރުކުރާއިރު ފްލައިޓް ތެރޭގައި ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން އެންގުމާއި، ފަސިންޖަރުން އަމިއްލައަށް ޞިއްޙީ ހާލަތު ބަޔާންކުރާ ސެލްފް-ޑެކްލަރޭޝަން ފޯމު ހުށަހެޅުމަށް ވަނީ އަންގާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter



އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއިން ވަނީ، މިކަން ފަސިންޖަރުންގެ ސަމާލު ކަމަށް ގެނެސްފައެވެ. ސެލްފް ޑެކްލަރޭޝަން ފޯމް މޯލްޑިވިއަންގެ ވެބްސައިޓުން ލިބޭނެއެވެ.

މި ފޯމު ފުރުމަށްފަހު ހުށަހަޅަން ޖެހޭނީ، އިންޑިއާއަށް ގޮސް އެ ޤައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.

އިންޑިއާގައި ވަނީ، އިބޯލާ ވައިރަހުގެ އަލާމާތް ހުރި ކަމަށް ބެލެވިގެން ބައެއް މީހުން ޓެސްޓުކޮށްފައެވެ. މިހާތަނަށް ނަތީޖާ ލިބުނު މީހުން ބައްޔަށް ނެގެޓިވް ވިނަމަވެސް ރައްކާތެރިކަމުގެ ގޮތުން އެ މީހުން ކަރަންޓީނުގައި ބައިތިއްބަން ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިހާރު އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަންޖެހޭނެ!ޚަބަރު | 8 ގަޑިއިރު ކުރިންދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 79 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ފެށިއްޖެޚަބަރު | 11 ދުވަސް ކުރިންއެބޯލާ ފެތުރޭތީ ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކާ އިއުލާން ކޮށްފިޚަބަރު | 12 ދުވަސް ކުރިން"ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އެޗްޕީއޭ އިން އިތުރުކޮށްފިޚަބަރު | 24 ދުވަސް ކުރިން