logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އިންޑިޔާ ސަރުކާރުގެ އެހީއާއެކު އުނގޫފާރު ފެރީ ޓާމިނަލް އަޅަނީ

އިންޑިޔާ ސަރުކާރުގެ އެހީއާއެކު އުނގޫފާރު ފެރީ ޓާމިނަލް އަޅަނީ

އިންޑިޔާ ސަރުކާރުދިން 100 މިލިޔަން ރުފިޔާގެ ހިލޭއެހީގެ ދަށުން އުނގޫފާރު ފެރީ ޓާމިނަލް އަޅަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕުއިޓީ މިނިސްޓާ އިބްރާހިމް ޔާސިރް ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުނގޫފާރު ފެރީ ޓާމިނަލްގެ އިތުރުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 12 ފެރީ ބަނުމަށްވެސް ހަމަޖެހިފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔާސިރު ވިދާޅުވީ އެމްޓީސީސީން މާލަސްތަކެއްނުވެ މި މަސައްކަތް ކުރަން ފަށާނެކަމަށެވެ.

 

އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ހަފްތާ ނުވަތަ ތިން ހަފްތާ ތެރޭގައި މި މަސައްކަތް ވެސް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދާނެ .

 

ފެރީ ޓާމިނަލްތައް އަޅާއިރު 3 ބަޔަކަށް ބަހާލައިގެން، އެންމެ ކުދިި އާބާދީ ހުންނަ ރަށްރަށުގައި ފެރީ ސްޓޮޕް ހުންނާނެއެވެ. އަތޮޅުގެ ވެރިކަން ކުރާ ރަށާ އެއާޕޯޓް ހުންނަ ރަށްރަށުގައި އަޅާނީ ކަނެކްޓިން ޓާމިނަލް ކަމަށް ޔާސިރު ވިދާޅުވިއެވެ.

އޭގެ އިތުރުން 6 ޒޯނުގައި ފެރީ ހަބް އަޅަން ގަސްތުކުރާކަމަށާއި އެ ޒޯނުގެ ހުރިހާ އަތޮޅަކަށް ހިދުމަތް ދިނުމަށްޓަކައި ފެރީ ހަބް ޓާމިނަލް ޤާއިމް ކުރެވިގެން ދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާދަމާ ހައްދުންމަތީގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީޚަބަރު | ގަޑިއިރެއް ކުރިންއިތުރު އަތޮޅެއްގައި އަންނަ މަހު އާރްޓީއެލް ޚިދުމަތް ފަށަނީޚަބަރު | 2 މަސް ކުރިންތ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފިޚަބަރު | 6 މަސް ކުރިންބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށައިފިޚަބަރު | 8 މަސް ކުރިން