logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ޝަހްޒާ މުހައްމަދު
11 އޯގަސްޓު 2025 - 15:00
ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، މާޅޮސްމަޑުލުގެ ދެކުނުބުރީގެ ރަށްތަކުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ އެ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބ.އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

މި ރަސްމިއްުޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން އަދި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ. އޭދަފުށީގައި އާރްޓީއެލް ހިދުމަތް ފެށިގެންދިޔައިރު، އެއޮތޮޅުގައި މި އަހަރު މި ޚިދުމަތް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައެވެ.

މި ދަތުރުތައް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވި ނަމަވެސް، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ނުރަސްމީކޮށް ދަތުރުތައް ވަނީ ފަށާފައެެވެ.

އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ފަށާފައިވާއިރު މި ޚިދުމަތް ފެށުމުގެ ކުރިން މުވައްޒަފުން ނަގައި ތަމްރީން ދިނުމުގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ބ. އަތޮޅުގައި އާރްޓީއެލްގެ ދަތުރުތައް ބާއްވާނީ 2 ރޫޓަކަށެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ ހައި ސްޕީޑް 2 ފެރީއެވެ. މި ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަސޭހަވާގޮތަށްކަމަށް އެމްޓީސީސީއިން ބުންޏެވެ.

އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް ބ. އަތޮޅުގައިވެސް މި ޚިދުމަތް ފުރަތަމަ ހަފްތާގައި ކުރިއަށް ގެންދިޔައީ އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގައެވެ. އެ ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގައެވެ. ރޫޓުތަކާއި، ދަތުރުތަކަށް ނަގާ އަގުތައް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއުޅެނީ ރިޔާސީ އިންތިހާބާ، ރިޔާސީ ދައުރާ ވެސް ބެހޭކަށް ނޫން: ޔާއިޝްޚަބަރު | ގަޑިއިރެއް ކުރިންމާދަމާ ހައްދުންމަތީގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީޚަބަރު | ގަޑިއިރެއް ކުރިންތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް ދަނީ ކުރިއަށް: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންދަނޑިވަޅުގެ ބޭނުން ހިފާ، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ރާއްޖެ ގެންނަންޖެހޭ: ރައީސް ޚަބަރު | 8 ގަޑިއިރު ކުރިން