logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލުގައި ސިޓީ ސްކޭނުގެ ހިދުމަތް މި މަހު ދޭން ފަށަނީ

އައިމިނަތު މޫސާ
1 އޯގަސްޓު 2025 - 12:34
ފުވައްމުލަކު ހޮސްޕިޓަލުގައި ސިޓީ ސްކޭނުގެ ހިދުމަތް މި މަހު ދޭން ފަށަނީ

ފުވައްމުލަކު ހޮސްޕިޓަލުގައި ސިޓީ ސްކޭނުގެ ހިދުމަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހެލްތު މިނިސްޓަރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ހިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް މިހާރު އޮތީ ނިމުމުގެ މަރުހަލާގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހެލްތު މިނިސްޓްރީން ބުނީ މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ގާއިމްކުރެއްވުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގައެވެ. ހޮސްޕިޓަލުން މަސައްކަތްކުރަމުން ދަނީ މި މަހުގެ ނިޔަލަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާ، ހިދުމަތްދޭން ފެށުމަށެވެ.

ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުވައްމުލަކުގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ހިދުމަތަކީ ސީޓީ ސްކޭންގެ ޚިދުމަތްކަން އެރަށު ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ސީޓީ ސްކޭނުގެ ހިދުމަތް ފުވައްމުލަކުގައި ގާއިމްކުރުމަށް ޓަކައި، އިމާރާތަށް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާއި އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހާވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މިއީ ދެ މިލިޔަން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ގެ މަޝްރޫއެކެވެ.

12،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކު ސިޓީގައި ސިއްހީ ހިދުމަތް ދިނުމުގައި ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ 2022 ވަނަ އަހަރު އައު އިމާރާތެއް ވެސް ތަރައްގީކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާދިއްފުށި ސިއްހީ މަރުކަޒަށް އިތުރު ކުރާ އައު އިމާރާތާއި، ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފިޚަބަރު | 6 މަސް ކުރިންތ. ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 6 މަސް ކުރިންތުޅާދޫ ހޮސްޕިޓަލްގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތާއެކު 90 އިންސަތަ ނިމިއްޖެޚަބަރު | 6 މަސް ކުރިންބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިމަހު 7 ކުދިން ފޮނުވަނީ ޚަބަރު | 7 މަސް ކުރިން