logo
MPL

MPL

ޚަބަރު

ތުޅާދޫ ހޮސްޕިޓަލްގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތާއެކު 90 އިންސަތަ ނިމިއްޖެ

އައިމިނަތު މޫސާ
9 ސެޕްޓެމްބަރު 2025 - 13:27
ތުޅާދޫ ހޮސްޕިޓަލްގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތާއެކު 90 އިންސަތަ ނިމިއްޖެ

ބ. ތުޅާދޫ ހޮސްޕިޓަލްގެ އެކޮމޮޑޭޝަން ބްލޮކުގެ މެޝަނަރީގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައި ވާކަމަށް އެމްޓިސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ތުޅާދޫ ހޮސްޕިޓަލުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ފުރަތަމަ ފަންގިފިލާގެ މެޝަނަރީ މަސައްކަތް ކަމަށެވެ. އަދި މޭޝަނަރީ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށެވެ. އޭގެ އިތުރުން ފުރާޅުގެ ސްލެބް ކާސްޓް އެޅުމަށް ކުރަންޖެހޭ ތައްޔާރީތައް ވަނީ ނިމިފައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީން ބުނެގައިވާ ގޮތުން ތުޅާދޫ ހޮސްޕިޓަލްގެ ގްރައުންޑް ފްލޯ އެއްވަރުކުރުމާއި ހޮޅި އެޅުމުގެ މަސައްކަތާއި މެޝަނަރީ ބައެއް މަސައްކަތްތައް ކުރިއަށް ދެއެވެ. އެ ހޮސްޕިޓަލްގެ ފުރަތަމަ ފްލޭގެ ރޭމްޕާއި ސައިޑް ވޯކް ކާސްޓިން ވޯލްސްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

ތުޅާދޫގައި އިމާރާތްކުރަން ފަށާ އެ ހޮސްޕިޓަލް ނިމުމުން ރަށުގެ މުޅި އާބާދީއަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. އަދި އެ މަސަައްކަތް ނިމުމުން ކައިރީގައި އޮތް ހިތާދޫ ރައްޔިތުންނާއި ކައިރީގައި އޮތް ގޮއިދުއާ، ފުޅަދޫ، އަދި ފެހެންދޫގެ ރައްޔިތުންނަށް ވެސް ފައިދާ ވެގެންދާނެއެވެ.

ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަޝްރޫއުއަކީ 114.50 މިލިޔަން ރުފިޔާގެ މަޝްރޫއެއެކެވެ.މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން އަށް ހަވާލުކޮށްފައިވަނީ 2 މާޗް 2023 ވަނަ އަހަރު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމްރާނީ ބޮޑު ބަދަލަކަށް، އެކި ރަށްރަށުގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެދިއްޖެޚަބަރު | ގަޑިއިރެއް ކުރިންދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 14 ދުވަސް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 20 ދުވަސް ކުރިން