logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރި އީޔޫގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާ

އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރި އީޔޫގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާ

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލާއެކު ހަތިޔާރުގެ ހުރިހާ ވިޔަފާރިއެއް ހުއްޓާލި ފުރަތަމަ ގައުމަށް ސްލޮވީނިއާ ވެއްޖެ އެވެ.

މިއީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އަޅާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސްލޮވީނިއާގެ ސަރުކާރުން ދަނީ ތަކުރާރުކޮށް އިސްރާއީލަށް ފާޑުކިޔަމުންނެވެ.

މި ހަނގުރާމައާ ގުޅިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލަށް ހަނގުރާމައިގެ ހަތިޔާރާއި އާލާތްތައް އެކްސްޕޯޓް ކުރުމުގެ އެއްވެސް ހުއްދައެއް ދޫކޮށްފައި ނުވާ ކަމަށްވެސް ސްލޮވީނިއާ ސަރުކާރުންވަނީ ބުނެފައެވެ.

ޖުލައި މަހުގެ ކުރީކޮޅު، ސްލޮވީނިއާ އިން އިސްރާއީލުގެ ހައްދުފަހަނަ އެޅި ކަނާތުފިޔައިގެ ދެ ވަޒީރުން އެ ޤައުމަށް ވަނުން މަނާކުރިއެވެ. މިއީ ވެސް ޔޫރަޕްގެ ގައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

2024 ވަނަ އަހަރުގެ ޖޫން މަހުގައި، ސްލޮވީނިއާގެ ޕާލަމެންޓުން ފަލަސްތީނު ދައުލަތް ގަބޫލުކުރުމުގެ ޤަރާރެއް ފާސްކުރިއެވެ. މިއީ އަޔަލޭންޑް، ނޯވޭ އަދި ސްޕެއިންގެ ނިންމުންތަކާ އެއްގޮތަށް އެޅި ފިޔަވަޅެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

24 ގަޑިއިރު ނުވަނީސް އެއްބަސްވުން ބޮލާލާ ޖެހުމަށްފަހު 6 މީހުން ޝަހީދުކޮށްލައިފި ޚަބަރު | 3 ދުވަސް ކުރިންމެއި މަހުން ފެށިގެން ޣައްޒާގައި އެހީއަށް އެދުނު 1،760 މީހަކު އިޒްރޭލުން ޝަހީދުކޮށްފައިވޭ: އދދުނިޔެ | 2 މަސް ކުރިންއިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރި އީޔޫގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާޚަބަރު | 3 މަސް ކުރިންޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ : ވަޒީރު ޝަހީމްޚަބަރު | 3 މަސް ކުރިން