logo
Bank of Maldives

Bank of Maldives

ދުނިޔެ

މެއި މަހުން ފެށިގެން ޣައްޒާގައި އެހީއަށް އެދުނު 1،760 މީހަކު އިޒްރޭލުން ޝަހީދުކޮށްފައިވޭ: އދ

މެއި މަހުން ފެށިގެން ޣައްޒާގައި އެހީއަށް އެދުނު 1،760 މީހަކު އިޒްރޭލުން ޝަހީދުކޮށްފައިވޭ: އދ

ޖީއެޗްއެފް އިން ހިންގާ ހިއުމެނިޓޭރިއަން ޑިސްޓްރިބިއުޝަން ސައިޓްތައް ކައިރީގައި އެހީ އަށް އެދި ދާ މީހުންނަށް އަމާޒުކޮށް ހަމަލާދެމުން އަންނައިރު، ހުކުރު ދުވަހު ވެސް 16 މީހަކު ޝަހީދުކޮށްފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެފިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބުނީ މެއި މަހުގެ ފަހުކޮޅުން ފެށިގެން ޣައްޒާގައި އެހީ ހޯދަމުން ދަނިކޮށް ފަލަސްތީނުގެ 1،760 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި 1،760 މީހުންގެ ތެރެއިން 994 މީހުން ޝަހީދުވެފައިވަނީ ޖީއެޗްއެފް ސައިޓްތަކުގެ ކައިރީގައި ކަމަށާއި 766 މީހުން މަރުވެފައިވަނީ ސަޕްލައި ގާފިލާތަކުގެ މަގުތަކުން ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ. އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ އެންމެ ގިނަ މީހުން ޝަހީދުކޮށްފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ކަމަށާއި އެމެރިކާގެ ސެކިއުރިޓީ ކޮންޓްރެކްޓަރުން ވެސް ވަނީ އެހީ އަށް އެދޭ މީހުންނަށް ބަޑި ޖަހާފަ ކަމަށް އދ އިން ބުންޏެވެ.

ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު މިހާރު 240 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި 107 ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާގެ ސިއްޚަތާ ބެހޭ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.

އިޒްރޭލުން ޢައްޒާ އެތައް މަހެއް ވަންދެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން އިންސާނުން އުފެއްދި ބަނޑުހައިހޫނުކަމުގެ އަސަރުތަކުން އަރައިގަތުމަށް ޣައްޒާއަށް ދުވާލެއްގެ މައްޗަށް މަދުވެގެން 600 ޓްރަކްގެ އެހީ ބޭނުންވާކަމަށް އދއިން ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ އަދި ފަލަސްތީނުގެ ޖަމާއަތްތަކުން ރިޕޯޓް ކުރާ ގޮތުގައި ދުވާލެއްގެ މައްޗަށް ބޭނުންވާ 600 ޓްރަކްގެ ތެރެއިން ހަގީގަތުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ވައްކަންކުރުމުގެ ސަބަބުން ޢައްޒާ ސަރަހައްދަށް ވައްދާފައިވަނީ އެންމެ ހަބައިކުޅަ އެއްބައި ޓްރަކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

24 ގަޑިއިރު ނުވަނީސް އެއްބަސްވުން ބޮލާލާ ޖެހުމަށްފަހު 6 މީހުން ޝަހީދުކޮށްލައިފި ޚަބަރު | މަހެއް ކުރިންމެއި މަހުން ފެށިގެން ޣައްޒާގައި އެހީއަށް އެދުނު 1،760 މީހަކު އިޒްރޭލުން ޝަހީދުކޮށްފައިވޭ: އދދުނިޔެ | 3 މަސް ކުރިންއިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރި އީޔޫގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާޚަބަރު | 3 މަސް ކުރިންޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ : ވަޒީރު ޝަހީމްޚަބަރު | 4 މަސް ކުރިން