logo
Bank of Maldives

Bank of Maldives

ޚަބަރު

24 ގަޑިއިރު ނުވަނީސް އެއްބަސްވުން ބޮލާލާ ޖެހުމަށްފަހު 6 މީހުން ޝަހީދުކޮށްލައިފި

އާމިނަތު ޝަފާ
14 އޮކްޓޯބަރު 2025 - 13:13
24 ގަޑިއިރު ނުވަނީސް އެއްބަސްވުން ބޮލާލާ ޖެހުމަށްފަހު 6 މީހުން ޝަހީދުކޮށްލައިފި

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދިޔަ ގަތުލުއާއްމު ހުއްޓާލުމަށްވެފައިވާ ސުލްޙައިގެ އެއްބަސްވުމާ 24 ގަޑިއިރު ނުވަނީސް ޚިލާފުވެ ފަލަސްޠީނުގެ 6 މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ދެ ސަރަހައްދަކަށް ޔަހޫދީން ދިން ހަމަލާތަކުގައި 6 މީހުން ޝަހީދުކޮށްލާފައިވަނީ ހަމަލާތައް ހުއްޓައިލުމަށް މި ހަފްތާގެ ތެރޭގައި ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

Ad by Hajj Corporation

Ad by Hajj Corporation

2023 އޮކްޓޫބަރަށް ފަހު ހައްޔަރު ކޮށްފައިވާ 1,700 މީހުންނާއި، އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ އިތުރު 250 ގައިދީން މިނިވަން ކުރުމަށް ޔަހޫދީން އެއްބަސްވެ އޭގެ ތެރެއިން ބަޔަކު ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް އެމީހުންގެ ތެރެއިން ގިނަ ބަޔަކު އަނބުރާ ޣައްޒާގެ ބިމަށް ނުވަދެވޭގޮތަށް އަވަށްޓެރި ގައުމުތަކަށް ފޮނުވާލަން ޔަހޫދީން ވަނީ ނިންމާފައެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެވިފައި ވަނީ، ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި 67,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުންނެވެ. އަދި ހަނގުރާމައިގައި 170,066 މީހުން ޒަޚަމްވެފައިވެ އެވެ.
ހަނގުރާމައިގައި ގައްޒާގެ 90 އިންސައްތަ މުޅިން ސުންނާފަތިވެފައިވާއިރު މި ހަނގުރާމައިގައި ޖުމްލަ 70 ބިލިއަން ޑޮލަރުގެ ގެއްލުންތަކެއް ޔަހޫދީން ޣައްޒާއަށް ވަނީ ދީފައެވެ.

ހަނގުރާމަ ހުއްޓާލަން އެއްބަސްވި ނަމަވެސް ޙަމާސުން ހަތިޔާރު ބެހެއްޓުމަށް ޔަހޫދީންދަނީ އަދިވެސް ޝަރުތުކުރަމުންނެވެ. ނަމަވެސް ޙަމާސުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

24 ގަޑިއިރު ނުވަނީސް އެއްބަސްވުން ބޮލާލާ ޖެހުމަށްފަހު 6 މީހުން ޝަހީދުކޮށްލައިފި ޚަބަރު | 2 މަސް ކުރިންމެއި މަހުން ފެށިގެން ޣައްޒާގައި އެހީއަށް އެދުނު 1،760 މީހަކު އިޒްރޭލުން ޝަހީދުކޮށްފައިވޭ: އދދުނިޔެ | 4 މަސް ކުރިންއިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރި އީޔޫގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާޚަބަރު | 4 މަސް ކުރިންޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ : ވަޒީރު ޝަހީމްޚަބަރު | 4 މަސް ކުރިން