logo
E-Platinum
ޚަބަރު

މީރާގެ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި ހަލުވިކޮށް ހަރުދަނާ ކުރަނީ

އައިމިނަތު މޫސާ
2 އޯގަސްޓު 2025 - 08:04
ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު
ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު

މީރާގެ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި ހަލުވިކޮށް ހަރުދަނާ ކުރުމާއި، ހިދުމަތްތައް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕް އެކުލަވާލައި އެކަން ހާސިލްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު މިހެން ވިދާޅުވީ މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ ގައުމީ ހިދުމަތުގައި 15 އަހަރު ފުރިހަމަކޮށް 16 ވަނަ އަހަރަކަށް ކުރިމަތިލާއިރު މީރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް މީރާގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް ޓެކުހާ ގުޅޭ އިލްތިޒާމުތައް އަދާކުރުން އިތުރަށް ފަސޭހަކޮށްދީ ޓެކްސް ކޮމްޕްލަޔަންސް އިތުރަށް ރަނގަޅުކުރުމަކީ އަމާޒެއް ކަމަށެވެ.

ޓެކްނޮލޮޖީގެ އެހީގައި މީރާގެ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާކުރުމަށާއި މީރާގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕް އެކުލަވާލައި އޭގައި ވާ ކަންކަން ހާސިލްކުރުމުގެ މަސައްކަތް ވަނީ ފަށާފަކަމަށެވެ. އަދި ކުރިއަރާފައިވާ އެހެން ޤައުމުތަކުގައިވެސް ބޭނުންކުރާފަދަ އިލެކްޓްރޯނިކް އިންވޮއިސިންގ ސިސްޓަމެއް ރާއްޖެއަށްވެސް ތަޢާރަފުކޮށް ޓެކްސް ދައްކާ ފަރާތްތަކާ މީރާގެ ސިސްޓަމުތައް ގުޅުވާލައި ޓެކުހާގުޅޭ އިލްތިޒާމުތައް އަދާކުރުން އިތުރަށް ފަސޭހަކޮށްދިނުމަކީ މި ރޯޑްމެޕްގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މީރާއަކީ ޓެކްސް ދައްކާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ ދައުލަތުގެ މުއައްސަސާ ތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިނގަމުންދާ އެއް މުއައްސަސާގެ ގޮތުގައި އާންމުން ބަލައިގަންނަ މުއައްސަސާއެއް ކަމުގައި ވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މީރާގެ ހިދުމަތްތަކަކީ އިތުބާރު ކުރެވޭ އޮންލައިން ޚިދުމަތެއްގެ ގޮތުގައި ޓެކްސްދައްކާ ފަރާތްތަކުން ބަލައިގަނެފައި ވުމަކީ ޓެކްސް ދައްކާ ފަރާތްތަކަށާއި މީރާއަށް ލިބޭ ވަރަށްބޮޑު ފަސޭހައެއް ކަމަށެވެ.

ޓެކްސް ބަޔާން ހުށަހެޅުމާ ފައިސާ ދެއްކުމަކީ މީރާއަށް އައިސް ކިއުގަ ޖެހިގެން ކުރާ ކަމެއްގެ ބަދަލުގައި ޓެކްސް ދައްކާ ފަރާތްތަކުގެ އޮފީހުގައި ނުވަތަ ގޭގައި ތިބެގެން ކުރާ ކަމަކަށް މިހާރު ވަނީ ބަދަލު ވެފައެވެ. އެގޮތުން މީރާއަށް ބަލައިގަންނަ ޓެކްސް ބަޔާންތަކުގެ 97 އިންސައްތަ އަދި ފައިސާގެ 99 އިންސައްތަ މިހާރު ލިބެމުން ދަނީ އޮންލައިންކޮށްކަމަށް ޒަރީރު ފާހަގަ ކުރެއްވިއެވެ.

މީރާގެ އާމްދަނީގެ ގޮތުގައި 2011 ވަނަ އަހަރު ލިބިފައިވަނީ 4.56 ބިލިއަން ރުފިޔާކަމަށާއި، އެހެން ނަމަވެސް މި އަދަދު 2024 ވަނަ އަހަރު ވަނީ 28.10 ބިލިއަން ރުފިޔާއަށް އިތުރު ވެފައިވާ ކަމަށް ޒަރީޒު ވިދާޅުވިއެވެ. އަދި މިއަދު މީރާއަކީ ދައުލަތުގެ އާމްދަނީގެ 82.5 އިންސައްތަ ބަލައިގަންނަމުންދާ މުއައްސަސާެއް ކަން ވަނީ ފާހަގަ ކުރައްވާފައެވެ.


Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި ހަލުވިކޮށް ހަރުދަނާ ކުރަނީ ޚަބަރު | 6 ގަޑިއިރު ކުރިންއާމްދަނީ 6.9 އިންސައްތަ މައްޗަށް ގޮސް، ގްރީން ޓެކްސް ދެ ގުނަ އިތުރުވެއްޖެޚަބަރު | 3 މަސް ކުރިންއެއާޕޯޓް ޓެކްސް އާމްދަނީ އިތުރުވެއްޖެ ޚަބަރު | 6 މަސް ކުރިންޑޮލަރުން ލިބުނު އާމްދަނީ ބިލއަނަކަށް ވުރެ މައްޗަށް ޚަބަރު | 7 މަސް ކުރިން